Hulhule Nerah Ferry Eh Araa Adiah Hingajje
image
ހުޅުލޭ ނެރަށް ފެރީއެއް އަރާ އަޑިއަށް ގޮސްފައި-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ހުޅުލޭ ނެރަށް ފެރީއެއް އަރާ އަޑިއަށް ހިނގައްޖެ

މާލެއިން ފުރައިގެން ހުޅުލެއަށް ދަތުރުކުރި "ރަންދެލި" ނަމަކަށްކިޔާ ފެރީ ދޯންޏެއް، ހުޅުލޭ ނެރަށް އަރާއި އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ރަންދެލި ފެރީ ހުޅުލޭ ނެރަށް އަރާފައިވަނީ ހުޅުލެއަށް ވަނުމަށް ދަތުރުކުރަނިކޮށް ހުޅެލޭގައި އަލަށް ބޭނުންކުރަމުންދާ ނެރުގެ ފައިކަށްޓަށް އަރައިގެންކަމަށެވެ. ރޭ ފަތިހު ހިނގި އެހާދިސާ އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ 4:55 ހާއިރުކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ފެރީ ހުޅުލޭ ނެރަށް އެރިއިރު އޭގައި ޖުމްލަ ހަ މީހުން ތިއްބެއެވެ. އެއީ ތިން ދަތުރުވެރިންނާއި ތިން ފަޅުވެރިންކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެހެންނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭކަަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ދޯނީގެ ދިރުނބާކޮޅުން ތަންގަނޑެއް ވަނީ ނައްޓައިގެން ގޮސްފައިވާކަމަށާއި އަދި ދޯނި ހުޅުލެއަށް ވެއްދި ފަހުން ދޯނި ދިޔަވެ ހުޅުލެ ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާކަމަށެވެ. ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރި ފަރާތާއި ގުޅިގެން މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން މިހާރު ދަނީ ކުރަމުންނެވެ.

ހިޔާލު