Kahdhoo Airportgai Ulheythaa 26 Aharuvee Muvazzafaku Kulliakah Vazeefain Vaki Koffi
image
ލ.މާބައިދޫ، ވިނަރެސް، އަހުމަދު ނާސިރު---
6 ކޮމެންޓް
 

ކައްދޫ އެއާޕޯޓުގައި އުޅޭތާ 26 އަހަރުވީ މުވައްޒަފަކު ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފި

ލ.ކައްދޫ އެއާޕޯޓުގައި މަސައްކަތް ކުރާތާ 26 އަހަރުވީ މުވައްޒަފަކު ކުއްލިއަކަށް ކުންފުނީގެ އޮނިގަނޑަށް ގެނައި ބަދަލެއްގައި ކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފިއެވެ. kobadoctor
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވަނީ އިންޖިނޭރެއްގެ ގޮތުގައި ކައްދޫގައި މަސައްކަތް ކުރަމުން ދިޔަ ލ.މާބައިދޫ، ވިނަރެސް، އަހުމަދު ނާސިރެވެ.

ވީއެފްޕީއާއި ވާހަކަ ދައްކަމުން ނާސިރު މިއަދު ބުނީ އޭނާ ވަޒީފާއިން ވަކި ކުރީ ސަރުކާރުގެ ތެރޭގައި ނުފޫޒު ގަދަ ބައެއް ފަރާތްތަކާ އެކު އުފެދުނު ހިޔާލު ތަފާތުވުމެއްގައި ކަމަށް ގަބޫލު ކުރާ ކަމަށެވެ. ކައްދޫގައި މަސައްކަތް ކުރާތާ 26 އަހަރުވީ އިރު ދުވަހަކު ވެސް އިންޒާރެއް ދީފައި ނުވާ ކަމަށް ނާސިރު ބުންޏެވެ.

"ހުކުރު ދުވަހު ފޮނަދޫ ދާއިރާގެ މެންބަރުގެ ދަރިފުޅު އައިސް ވަރަށް ހުތުރުކޮށް ވާހަކަ ދެއްކި ކިހިނެއް ވެގެންހޭ ތިއުޅެނީ ކިޔާފައި. ފަހުން އަޅުގަނޑު ގައިގަ ޖަހަން ވެސް އައި. އޭގެފަހުން އިންޒާރުތައް ވެސް ލިބިފައި އެބަހުރި،" ނާސިރު ބުންޏެވެ.

ނާސިރު ވަޒީފާއިން ވަކިކޮށް މިއަދު ޗިޓު ހަވާލުކޮށްފައިވާ އިރު ވީއެފްޕީން ކައްދޫ އެއާޕޯޓްސް ކުންފުނީގެ އެމްޑީ އަހުމަދު ޝަރީފުއާއި ފޯނުން ގުޅައި ސުވާލު ދެންނެވުމުން ޝަރީފު ވިދާޅުވީ މުވައްޒަފުންނާ ގުޅުން ހުރި ކަންކަމުގައި އެގޮތަށް މައުލޫމާތު ހިއްސާ ނުކުރައްވާ ކަމަށެވެ.

ނާސިރު ބުނީ އޭނާއާއި ފޮނަދޫ ދާއިރާގެ މެންބަރުގެ ދަރިފުޅާއި ހިޔާލު ތަފާތުވެފައިވަނީ އަދި ވަޒީފާއިން ވަކި ކުރީ ވެސް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނުކުރާތީ ކަމަޡށް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް އިންޒާރުތައްދީ ވަޒީފާއިން ވަކި ކުރުމަކީ ލޯތްބާއި ވޯޓު ހޯދޭނެ ގޮތެއް ނޫން ކަމަށް ނާސިރު ބުންޏެވެ.
ހިޔާލު

ހަސަން ޒަކި

މިދުވަސްކޮޅު ވަޒީފާ ގެއްލިއްޖެނަމަ އިނގިލިދިއްކުރާނި ރަޢީސް ޔާމީނަށެވެ! ލަދުވެތިކަމާއި އެކު ފާހަގަކޮށްލަން ޖެހެނީ މިއީ ދިވެހިން ޒަމާނުއްސުރެ ގެންގުޅޭ ވަރަށް ނޭދެވޭ އާދައެކެވެ!

ީއިރުޝާން

ނާސިރު އެޔޮ ކިހާ ވޯޓެއްކަމެއް ޔާނު އަކަށް ނޭނގެނަތާ ދޯ 😂😂

އަލީ ފައިސަލް

ތިކުޅެވުނީ މުޅި ލ.މާބައިދޫ އާއި ކަން ހަނދާން ކުރާތި، ދެން ޔާމީނު އަށް2018 ހޯދާވެސް ނުފެންނާނެ.

ސާބަސް

އަނިޔާއާއި ބޭއިންސާފަށް ނޫނެކޭ ބުނަން މިޒަމާނުގައި ކެރޭނީ މަދު ބަޔަކަށް. އޭގެތެރޭގައި ނާސިރު ހިމެނުނީތީ މަރުހަބާ ދަންނަވަން.

ދާޑް

މިހާދުވަހު ބެހެޓިކަން ރަނގަޅެއްނު

ލަކީ

ސާބަހޭ ނާސިރު ހަމަ ތި ވަޒީފާ އަޅުގަންޑުމެން ހޯދަދޭ ނަން