Makunudhoo ah vaige magun dhathuru kureveyne goiyy hadhaidheynan: Ibu
image
އިބޫ މިއަދު މަކުނުދޫގައި: ފައިލް ފޮޓޯ
0 ކޮމެންޓް
 

މަކުނުދޫއަށް ވައިގެމަގުން ދަތުރު ކުރެވޭނެ ގޮތް ހަދައިދޭނަން: އިބޫ

ހދ މަކުނުދޫއަށް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތް އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި ހަދައިދޭނެކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
މިރޭ މަކުނުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުންވަނީ މަކުނުދޫގައި އެއާޕޯޓެއް ތަރައްޤީ ކުރުމަކީ އެރަށުގެ ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވާ އެއް ކަންތައްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މަކުނުދޫ ރައްޔިތުން ބޭނުންވާ ކަންކަން އިއްތިހާދުގެ ވެރިކަމެއްގައި ފުރިހަމަވެގެން ދާނެ ކަމަށާއި ވައިގެ މަގުން މަކުނުދޫއަށް ދަތުރު ކުރެވޭނެ އިންތިޒާމް އިއްތިހާދުގެ ވެރިކަމެއްގައި ތަނަވަސްކޮށްދޭނެ ކަމުގައެވެ.

އިބޫ ވިދާޅުވީ މަކުނުދޫއަށް އެންމެ އެކަށީގެންވަނީ އެއާޕޯޓެއްތޯ ނުވަތަ ސީޕްލޭންގައި ދަތުރު ކުރެވޭނެ ގޮތްތޯ ބައްލަވާނެ ކަމަށާއި އެއަށްފަހު މަކުނުދޫގައި ގާއިމް ކުރާނީ އެންމެ އެކަށޭނެ ވަސީލަތް ކަމުގައެވެ. އިބޫ ވިދާޅުވީ މަކުނުދޫގެ ފަޅަކީ ބޮޑު ފަޅެއްކަމުން އެރަށުގައި އެއާޕޯޓެއް ނުވަތަ ސީ ޕްލޭން ޓަމިނަލެއް ތަރައްގީ ކުރި ނަމަވެސް ފަޅުގައި މެރިކަލްޗަރ މަސައްކަތް ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސަވާނެ ކަމުގައެވެ.

މީގެ އިތުރުން އިއްތިހާދުގެ ވެރިމުގެ ނޫ އިގްތިސާދުގެ ތެރޭގައި ހދ އަތޮޅު ހިމެނެނީ ވަރަށް ހާއްސަ އަތޮޅެއްގެ ގޮތުގައި ކަމަށާއި ހާއްސަ ސަމާލުކަމެއް ދީގެން ހދ އަތޮޅުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ހދ މަކުނުދޫއަކީ ރާއްޖޭގެ އެންމެ އިރުމަތި ބިތުގައި ރާއްޖޭގެ އެހެން ރަށްތަކާއި ވަކިން އޮންނަ ރަށެކެވެ.
ހިޔާލު