Majubooru kohegen evves bayaku rashun nubaalaanan: Ibu
image
އިބޫ މިއަދު ހިރިމަރަދޫ ޒުވާނުންނާއި އެކު
0 ކޮމެންޓް
 

މަޖުބޫރުކޮށްގެން އެއްވެސް ބަޔަކު ރަށުން ނުބާލާނަން: އިބޫ

ރާއްޖޭގެ އާބާދީ މަދު ރަށެއް ނަމަވެސް އިއްތިހާދުގެ ސަރުކާރެއްގައި އެރަށެއްގެ ރައްތިތުންނަށް މަޖުބޫރުކޮށްގެން ރަށުން ރައްޔިތުން ނުބާލާނެކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވީ ހދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތރުފުޅުގައި ހދ ހިރިމަރަދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ހިރިމަރަދޫއަކީ ރާއްޖޭގެ ނިސްބަތުން އާބާދީ މަދު ރަށެކެވެ.

އިބޫ ވިދާޅުވީ ރަށުގެ އާބާދީ މަދުވުމަކީ އެރަށަކުން މީހުން ބާލަން މަޖުބޫރު ސަބަބެއް ނޫންކަމަށާއި އިއްތިހާދުގެ ވެރިކަމެއްގައި އެގޮތަށް މަޖުބޫރުކޮށްގެން އެއްވެސް ރަށަކުން މީހުން ނުބާލާނެ ކަމުގައެވެ.

ނަމަވެސް އާބާދީ މަދު ރަށްރަށުގެ ރައްޔިތުންނަށް އެހެން ރަށްރަށަށް ހިޖުރަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެގޮތުްނ ހިރިމަރަދޫ ރައްޔިތުންނަށްވެސް އެފުރުސަތު އެބައޮތްކަމަށް އިބޫ ވިދާޅުވިއެވެ.

ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިބޫ މިހާރު ހުންނެވީ އެއަތޮޅު މަކުނުދޫ ގައެވެ.
ހިޔާލު