July Mahu Importai Export adhi Aamdhanee ves Ithuru
image
ރު ރާއްޖެއަށް 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރި: ކަސްޓަމްސް-
1 ކޮމެންޓް
 

ޖުލައި މަހު އިމްޕޯޓާއި އެކްސްޕޯޓު އަދި އާއްމުދަނީ ވެސް އިތުރު

މިދިޔަ އަހަރުގެ ޖުލައި މަހާއި އަލާ ބަލާއިރު މިއަހަރު ޖުލައި މަހު އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރާއި ލިބުނު އާއްމުދަނީ ވެސް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސް އިން މިއަދު އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖުލައި މަހުން ފެށިގެން މިއަހަރުގެ ޖުލައި މަހާ ހިސާބަށް 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށް، 263 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެއެވެ. ކަސްޓަމުން ބުނީ އިމްޕޯޓް ކުރި މިންވަރު 38 އިންސައްތަ އިތުރުވެ، 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ. އަދި އެކްސްޕޯޓް ކުރި މިންވަރު 263 މިލިއަން ރުފިޔާއާއި އެކު 30 އިންސައްތަ އިތުރު ވެފައިވާ ކަމަށެވެ.

ނިމިގެން ދިޔަ 2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަރުގެ ޖުލައި މަހާ ހިސާބަށް 38 އިންސައްތަ އިމްޕޯޓް ކޮށްފައި ވާއިރު 19 އިންސައްތަ އިމްޕޯޓު ކުރީ އެކުވެރި އަރަބި އިމާރާތުންނެވެ. އަދި 18 އިންސައްތަ ޗައިނާއިން އިމްޕޯޓް ކޮށްފައިވާއިރު 14 އިންސައްތަ އިމްޕޯޓް ކުރީ ސިންގަޕޫރުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރުން 263 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު އޭގެ 26 އިންސައްތަ ތައިލޭންޑަށް އެކްސްޕޯޓް ކުރި އިރު، 19 އިންސައްތަ އިނގިރޭސި ވިލާތަށް އެކްސްޕޯޓް ކޮށްފައިވެއެވެ. އަދި ޖަރުމަނަށް 16 އިންސައްތަ އެކްސްޕޯޓް ކޮށްފައިވެއެވެ.

ހަމަ އެގޮތުން މިދިޔަ އަހަރާ އަޅާ ކިޔާއިރު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީތަކުގެ ގޮތުން ލިބުނު އާމްދަނީ 11 އިންސައްތަ އިތުރުވެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލަައި މަހާ ހިސާބަށް 254 މިލިއަން ރުފިޔާ ދައުލަތައް ލިބިފައި ވާއިރު މިއަހަރު ލިބިފައިވަނީ 282 މިލިއަން ރުފިޔާއެވެ.
ހިޔާލު

ބޮކުބާޑު

އާމްދަނީ އިތުރުވާނެތާ، ރަށްޔިތު މީހާ ކުރާ ބިލަށް ފައިސާ ލިބުނަސް ނުލިބުނަސް ޓެކްސް ބަރާބަރަށް ދަށްކާވިއްޔާ. ދަރައިގެންވެސް އެކަން ރަށްޔިތުމީހާ ކުރަންޖެހޭ. ރަށްޔިތުމީހާ، ހާޅުގަ އުޅެންޖެހެނީ. ދަރަނިވެރި ވަނީ ނިކަމެތި ރަށްޔިތުމީހާ.