Ibu Ge Vaudhu: H.Dh Gai Resort Ginakoh Vaikaradhoo Rayyithunnah Vazeefa Dheveyne
image
އިބޫގެ ވައުދު: ހދ ގައި ރިސޯޓް ގިނަކޮށް ވައިކަރަދޫ ރައްޔިތުންނަށް ވަޒީފާ ދެވޭނެ--
0 ކޮމެންޓް
 

ހދ ގައި ރިސޯޓް ގިނަކޮށް ވައިކަރަދޫ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެނީ

ހދ. ވައިކަރަދޫ ކައިރީގައި ރިސޯޓް އަޅައި އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު އިތުރު ކުރާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެ ވަޑައިގެންފިއެވެ.
ހދ. އަތޮޅަށް މިހާރު ކުރަމުންގެންދާ ދަތުރުފުޅުގައި ވަކައިރަދޫ ރައްޔުތިންނާއި ބައްދަލުކޮށް އިއްޔެ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ވޭތުވެދިޔަ ކޮންމެ އިންތިހާބެއްގައި ކެމްޕޭން ކުރާ ފަރާތްތަކުން ވައިކަރަދޫ ކައިރީ ރިސޯޓެއް ތަރައްގީ ކުރާ ވާހަކަ ދައްކާފައިވީ ނަމަވެސް އެކަން ކޮށްފައި ނުވާކަމެވެ.

އެހެން ކަމުން ރަށުން ގިނަ ބަޔަކު ވަޒީފާ ހޯދުމަށް ރަށް ދޫކޮށް ހިޖުރަ ކޮށްފައި ވާކަން ފާހަގަ ކުރައްވައި، ފަތުރުވެރިކަން އަތޮޅުތަކަށް ފަތުރާލުމުގެ ސިޔާސަތުގެ ދަށުން ހދ. އަތޮޅުގައި ރިސޯޓް އިތުރު ކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ މިސަރުކާރުން ވައިކަރަދޫއަށް ހަމަ އެކަނި ކޮށްދިން ކަމަކީ ފުޓްސަލް ދަނޑާއި، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް އެޅުން އެކަނި ކަމަށެވެ. އެހެންކަމުން އެރަށުގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަންތައްތައް ހައްލުކޮށްދޭނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
ހިޔާލު