Fuvamulakugai Masthuaa Thakehchaaeku Kuda Kujjakaa 30 Aharuge Meehaku Hayyaru Kohfi
image
ފުވައްމުލަކުގައި މަސްތުވާތަކެއްޗާއެކު ކުޑަ ކުއްޖަކާ 30 އަހަރުގެ މީހަކު ހައްޔަރު ކޮށްފި--
0 ކޮމެންޓް
 

ފުވައްމުލަކުގައި މަސްތުވާތަކެއްޗާއެކު ކުޑަ ކުއްޖަކާއި މީހަކު ހައްޔަރު ކޮށްފި

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ދެމައްސަލައެއްގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކާއި އުމުރުން 30 އަހަރުގެ ފިިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ކުޑަ ކުއްޖާ ހައްޔަރު ކުރީ ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެކުއްޖާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން އޮގަސްޓް 11 ވަނަ ދުވަހު ފަހު 05:55 ކަންހާއިރުއެވެ. އެކުއްޖާ ބަލައި ފާސް ކުރުމުގެ ތެރޭގައި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި ގއުމުރުން 30 އަހަރުގެ މީހާ ހައްޔަރު ކުރީ އޮގަސްޓް 12 ވަނަ ދުވަހުގެރޭ 01:25 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 17 ކުޑަ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަބަރުޕެކެޓެއް ފެނިފައިވެއެވެ.

އެމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ އެދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ހިޔާލު