Kudhi adhi medhu fantheege fiyafaarithakah haasa bank en gaaim kuraanan: Ibu
image
އިބޫ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުގެ ތެރެއިން
0 ކޮމެންޓް
 

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބޭންކެއް ގާއިމްކުރާނަން: އިބޫ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް ފުޅާކޮށް ހިންގުމަށް އެހީތެރިވުމަށް ހާއްސަ ބޭންކެއް ގާއިމް ކުރައްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ހދ ކުޅުދުއްފުށީގައި އިދިކޮޅު އިއްތިހާދުން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވާ ތަރައްގޯ ކުރުމަށް ހާއްސަ އެހީތެރިކަމެއް ބޭނުންވާ ކަމުގައެވެ.

އެގޮތުން އިއްތިހާދުގެ ވެރިކަމެއްގައި އެކަމަށް ހާއްސަ ބޭންކެއް ގާއިމްކޮށް އަންހެން ބޭފުޅުންނަށް ހާއްސަ ލޯންތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ވުމުން ވިޔަފާރިތަށް ފުޅާވެ ތަރައްގީވެގެން ދާނެކަމަށްވެސް އިބޫވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުދިއަދު މެދުފަންތީގެ ވިޔަފާރިތަކަށް މީރާ މެދުވެރިކޮށް މިހާރު ކުރަމުން ގެންދާ ދަތިތައް ނައްތާލައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މީރާގެ ތެރެއިން ކުރަމުން ގެންދާ ނާއިންސާފު ކަންކަން އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި އުސޫލްތަކާއި ގާނޫނުތަކަށް ބަދަލު ގެނެސްގެން ނައްތާލާނެ ކަމުގައެވެ.

ހިޔާލު