Taxi boardah nagaa fee ekkoh kandaalaanan: Ibu
image
އިބޫ މިއަދު ކުޅުދުއްފުށީގައި
0 ކޮމެންޓް
 

ޓެކްސީ ބޯޑަށް ނަގާފީ އެއްކޮށް ކަނޑާލާނަން: އިބޫ

ޓެކްސީ ކުރަން ބޭނުންވާ މީހުންނަށް ޓެކްސީ ބޯޓް ދޫކުރުމަށް މިހާރުނަގާ ފީ އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި އެއްކޮށް ކަނޑާލާނެކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. leaward
ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ އިިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ޓެކްސީ ކުރަން ބޭނުންވާ މީހުންނަށް ޓެކްސީ ބޯޑް ދޫކުރުމަށް މިހާރުނަގާ 50000 ރުފިޔާގެ ފީއަކީ ބޮޑު އަދަދެއް ކަމުގައެވެ. އަދި ޓެކްސީ ބޯޑްގެ ފީ ބޮޑުވުމުން ކުޅުދުއްފުށިންވެސް އެކަމުގެ ޝަކުވާ ލިބުނުކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެކަން އިއްތިހާދުގެ ވެރިކަމެއްގައި ބަދަލު ކުރާނެ ކަމަށާއި އިއްތިހާދުގެ ވެރިކަމެއް ފެށުމާއި އެކު ޓެކްސީ ބޯޑްގެ ފީ އެއްކޮށް ކަނޑާލާނެ ކަމުގައެވެ.

ޓެކްސީ ބޯޑް ދޫކުރުމަށް ކުރިން ނަގަމުން ގެންދިޔަ ފީ 50000 ރުފިޔާއަށް ބޮޑުކޮށްފައިވަނީ މި ސަރުކާރުންނެވެ.
ހިޔާލު