Jabariya Jodi ge Motion Poster Nerefi
image
"ޖަބަރިޔާ ޖޯޑީ"ގެ މޯޝަން ޕޯސްޓަރު--
0 ކޮމެންޓް
 

"ޖަބަރިޔާ ޖޯޅީ"ގެ މޯޝަން ޕޯސްޓަރު ނެރެފި

ސިދާތް މަޅޯތުރާ އާއި ޕަރިނީތީ ޗޯޕްރާގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ "ޖަބަރިޔާ ޖޯޅީ" ގެ މޯޝަން ޕޯސްޓަރު ނެރެފިއެވެ.
އޭކްތާ ކަޕޫރު ޑައިރެކްޓުކުރާ އެފިލްމުގެ މޯޝަން ޕޯސްޓަރު ސިދާތް އިންސްޓާގްރާމު މެދުވެރިކޮށް ނެރެފައިވާއިރު ސިދާތު ބުނީ "ސަޕްރައިޒް ޕާޓިގެ އަޑު އެހިން؟ މިއީ ސަޕްރައިޒް ކައިވެންޏެއް" މިހެންނެވެ. އެ މޯޝަން ޕޯސްޓަރުގައި ގިނަ ބައެއްގެ އަޑު އިވިގެންދެއެވެ. އަދި އެންމެންގެ ވެސް ސުވާލަކީ ގަބަރިޔާ ނުވަތަ ޖަބަރިޔާ ޖޯޅީއަކީ ކޮބައިކަމެވެ.

އެގޮތުން ސިދާތު ވަނީ "ސަޕްރައިޒް ޕާޓިގެ އަޑު އެހިން؟" ބުނެފައެވެ. އަދި ޕަރިނީތި ވަނީ އެއީ ސަޕްރައިޒް ކައިވެންޏެއް ކަމަށް ބުނެފައެވެ.



އެފިލްމު ބިނާކޮށްފައިވަނީ ކައިވެނިކުރަން އުޅޭ ފިރެހެންމީހާ ކިޑްނެޕްކުރުމުގެ މައްޗަށެވެ. އަދި ގަދަކަމުން ކައިވެނި ކުރުމުގެ މައްޗަށެވެ. އެފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާއިރު ފިލްމުގެ ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައި ނުވެއެވެ. އަދި ފިލްމުގައި ފެނިގެންދާނެ އިތުރު ކާސްޓުންގެ ނަން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސިދާތާއި ޕަރިނީތީ ވަނީ މީގެ ކުރިން ފިލްމު "ހަސީތޯ ޕަސީ" ގައި މަސައްކަތް ކޮށްފައެވެ.
ހިޔާލު