Idhikolhun 31 August Gai Bodu Jalsa Eh Baavvaane: Mariya
image
އިދިކޮޅުން 31 އޮގަސްޓްގައި ބޮޑު ޖަލްސާއެއް ބާއްވާނެ: މާރިޔާ--
3 ކޮމެންޓް
 

އިދިކޮޅުން 31 އޮގަސްޓްގައި ބޮޑު ޖަލްސާއެއް ބާއްވާނެ: މާރިޔާ

އިދިކޮޅު ކޯލިޝަނުން މާލޭގައި، މިމަހުގެ 31 ވަނަ ދުވަހު ބޮޑު ޖަލްސާއެއް ބޭއްވުމަށް ރާވަމުންދާކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. leaward
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި މާރިޔާ ވިދާޅުވީ މިމަހު އެންމެ ފަހު ދުވަހު އިދިކޮޅުން ބޮޑު ޖަލްސާއެއް ބޭއްވުމަށް ރާވަމުންދާ ކަމަށާއި ޖަލްސާ ބާއްވާނެ ތަނެއް ހޯދަން ހައުސިން މިނިސްޓްރީ ގައި އެދިފައި ވާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ މިފަދަ ޖަލްސާއެއް ބާއްވަން އެންމެ ފަހުން އެދުމުން ސަރުކާރު އޮފީސްތައް ބަންދު ކުރުމުން ބުރާސްފަތި ދުވަހެއްގައި ޖަލްސާ ބާއްވާނެ ތަނެއްދީ، ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް މިފަހަރު ޖަލްސާ ބާއްވާނެ ތަނެއް ކުރިޔާލާ ދީ، ތައްޔާރު ވުމުގެ ފުރުސަތު ދޭނެ ކަމަށް އުންމީދު ކުރާކަމަށް މާރިޔާ ވިދާޅުވިއެވެ.

އެގޮތުން މާރިޔާ ވިދާޅުވި މިހާރުވެސް ވާނީ ހުރިހާ ޕާޓީ ތަކަށް ހަމަހަމަ ކަމާއެކު ކެމްޕޭން ކުރުމުގެ ފުރުސަތު ދިނުމަށް އެދި ބަންޑާރަ ނައިބަށް އެދިފައިވާނެ ކަމަށެވެ.

އޭގެ އިތުރުން މާރިޔާ ވިދާޅުވީ މޯލްޑިވްސް ނެޝިނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް ނަމަވެސް ޖަލްސާ ބާއްވާނެ ހޯލެއް ހައުސިން މިނިސްޓަރު މުއިއްޒުގެ އަތްޕުޅުން ހޯދައިދެއްވާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.
ހިޔާލު

ރައްޔިތުން

މުޅި ދައުލަތުގެ ކަންކަން ކުރުމަށް ޔާމީން ގެނައި ނުހަމަތައް ރިފޯމްކޮށް އަލުން ދިވެހިރާއްޖޭގެ އެންމެހާ ކަންވިލަރެސް ކުރެވިގެންދާނެ މާލެ އާއި މާލޭގެ ކަރީގެ ހުރިހާ ރަށަކުން މި ޖަލްސާގައި ބައިވެރިވުން މުހިންމު- ކިތަންމެ އުފަލެއްގައި ޖަލްސާ ކުރިއަށް ގެންދިޔަސް އެކަމެއް ކުރަން އޮންނަ ގޮތް ނޫން ގޮތަކަށް އެއްކަމެއްވެސް ނުކުރާތި.

އަދުނާނު

މުސްތަގުބަލުގައި ކަންކަންހިގާނެ ގޮތެއް އެގޭފެންވަރުގެ އިލްވެރިން ތިބޭނެކަމަށް މިސަރުކާރުން ގަބޫލުކުރާތީ މެޖޯރިޓީ އޮތްނަނީ އިދިކޮޅުގައި ނޫނޭ މިސަރުކާރަކުން ނުބުނައެވެ. ވާގޮތް ބަލަމާ ހިގާށެވެ. މެޖޯރިޓީއަށް މިސަރުކާރުން ފުރިހަމަޔަށް ތާއީދުކުރާނެއެވެ. 2013 ސުޕްރިންކޯޓަށް ދިޔައީ މިސަރުކާރުންތޯ ބައްލަވާށެވެ. ބޮޑާކަމާއި ކިބުރުވެރިކަމަށްވުރެ ﷲ ރަހުމަތް މާމަތިވެރިއެވެ.

ރަށު މީހާ

މެޖޯރިޓީ އޮތީ އިނދިކޮޅުގަ

ހަމަ ހިލާ އިލެކްޝަން ކޮމިޝަން އަކަށް ބޭނުން ގޮތެއް ނެހެދޭނެ ހަމަގައިމުވެސް 2013 ވަނަ އަހަރު ދިވެހިން ބޯލެނބީ ސޕްރީމް ކޯަޓު ހުކުމަށް، މިފަހަރުވެސް ހަމަ 105000 ވޯޓްލާނެ .. މިފަހަރު ތިބޭނެބާ ދިވެހިން މީ.!