Vaguthee Natheeja Iulaan kuran ulhee gothaa medhu idhikolhun kan Bodu Vejje
image
ވަގުތީ ނަތީޖާ ޝީޓުގައި، ގަލަމުން ލިޔަން ނުކެރެންޏާ އެކަން ނުކުރައްވަ: ޝިފާޒް--
2 ކޮމެންޓް
 

ވަގުތީ ނަތީޖާ އިއުލާން ކުރަން އުޅޭގޮތާ މެދު އިދިކޮޅުން ކަންބޮޑު ވެއްޖެ

އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ވަގުތީ ނަތީޖާ ޓެބްލެޓެއް މެދުވެރިކޮށް އިއުލާން ކުރާތީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރައްޔިތުން ކުރިމަތީގައި ލާވޯޓް ގުނަން ޖެހޭނީ ރައްޔިތުންގެ ކުރިމަތީގައި ކަމަށާއި ނަތީޖާ ޝީޓުގައި ލިބުނު ވޯޓުގެ އަދަދު ގަލަމުން ޖަހަން ނުކެރޭނަމަ އެކަން ނުކުރެްވުން މާ ރަނގަޅު ކަމަށެވެ. އަދި ޓެބްލެޓުގައި އަންނަ ނަތީޖާ އަށް އެއްވެސް ވަރަކަށް ބަރޯސާ ނުކުރެވޭނެ ކަމަށްވެސް ޝިފާޒް ވިދާލުވިއެވެ.

"އަޅުގަނޑުމެން ކުރިމަތީގައި ގުނާ ނަތީޖާ، ޝީޓުގައި ގަލަމުން ލިޔަން ނުކެރެންޏާ އެކަން ނުކުރައްވާ." ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މައުލޫމާތި ލިބޭ ގޮތުގައި 17،000 ސެކިއުރިޓީ އުރަ ޗާޕު ކުރިކަމަށާއި އިލެކްޝަންސް ކޮމިޝަނަށް ގޮސް މައުލޫމާތު ސާފު ކުރިއިރު އެއިދާރާއަށް ނެގީ އެންމެ 10،000 އުރަ ކަމަށެވެ. އެހެންކަމުން ބާކީ 7000 އުރަ ގެންދިޔައީ ކޮންތާކަށްތޯ އަހައި، ޝިފާޒް ސުވާލު އުފެއްދެވިއެވެ.

އެބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ފުލުހުންނާ އަންގާ ކަންކަމުގެ މައުލޫމާތުވެސް ލިބޭ ކަމަށެވެ.

"މެދު ރާއްޖޭގެ ރަށަކުން ފުލުހުންގެ އިންޗާޖް ބަދަލު ކުރި. އަލަށް ގެނައި އިންޗާޖް ބުނަނީ ފުލުހުން ކައިރީ ރަޖިސްޓަރ ކުރާކަށް ނުޖެހޭނޭ. ވޯޓުލާ ދުވަހު ބޭނުންތާކަށް ގޮސް ވޯޓު ލެވޭނޭ." ޝިފާޒް ވިދާޅުވިއެވެ.

ޝިފަޒް އިތުރަށް ވިދާޅުވީ މިއިންތިހާބުގައި އޮބަޒާވަރުންގެ އަތުގައި އޮންނަ ލިސްޓަކީ އެންމެ ފުރަތަމަ އިއުލާން ކުރި ލިސްޓުކަމަށެވެ. އަދި އެލިސްޓު އޮންނާނީ ފޮތެއްގެ ސިފާގައި ކަމަށާއި 263،181 މީހުން ވޯޓު ލާއިރު އެލިސްޓް ފަސް A4 ރިމް ވަރުވާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އަދި އެހެން އިންތިހާބުތަކުގައި މަންދޫބުންނަށް ލިސްޓު ލިބޭއިރު މިފަހަރު އެލިސްޓެއް ނުލިބޭނެ ކަމަަށާއި، ލިސްޓު އެތަނުގައި ހަރުކޮށްފައިވެސް ނުހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ވޯޓު ލާން އަންނަނީ ކާކުކަން ދެނެގަނެވޭނެ ގޮތެއް ނެތްކަން ފާހަގަކޮށް ޝިފާޒުވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ހިޔާލު

ދިވެހި ދަރިން

މުޅިންވެސް ވައްކަން ކުރެވޭތޯ މިބަލަނީ...އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން، މިކަން ކޮޅެއްގާ ޖެއްސޭނީ ރައްޔިތުން ދޭތިން އެކައްޗަށްހިފާ ވަރަށް ހިތްވަރުކޮށްގެންކަމަށް ޤަބޫލުކުރެވެނީ

ޢަލީ

މި ސަރުކާރު އަދި އަލީ މިކަހަލަ ކަންކަމަށް. މީހުން ހަޅޭ ފަޅޭލަވާގަތީމަނޫނީ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭ.