Tharahgee fanaakura baehge faraathun tharahgee naanaane: Raees
image
ތަރައްގީ ފަނާކުރާ ބައެއްގެ ފަރާތުން ތަރައްގީ ނާންނާނެ: ރައީސް
6 ކޮމެންޓް
 

ތަރައްގީ ފަނާކުރާ ބައެއްގެ ފަރާތުން ތަރައްގީ ނާންނާނެ: ރައީސް

ތަރައްޤީ ފަނާކުރާ ބައެއްގެ ފަރާތުން ތަރައްޤީ ނާންނާނެކަމަށާއި ބިނާކުރުމާއި އާރާސްތު ކުރުމަކީ ތަރައްޤީ ކުރާ މީހުންގެ ފުށުން އަންނާނެ ކަމެއްކަން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ތ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު ވިލުފުށީގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރައުސްމާލު އުފެއްދުމާއި، އުފެއްދިފައިވާ ރައުސްމާލު ބޭނުންކޮށްގެން އިތުރު ނަފާ ހޯދާނެގޮތް ދިވެހިން ދަސްކުރަންޖެހޭކަމަށާއިދިވެހިންގެ ހާލަތު ބަދަލުކުރުމުގައި ކޮންމެ މީހެއްގެވެސް ވަކި ވަކި ފަރުދީ ޒިންމާއެއް އޮތްކަން ވިސްނަންވާނެކަމަށާއި، އެއްބަޔަކު އަނެއް ބަޔަކާއި ގުޅިގެން މަސައްކަތްކުރުމަކީ މުޅި މުޖުތަމަޢަށް އޭގެ ހެޔޮ ނަތީޖާ ހޯދައިދެވޭނެކަމެއް ކަމުގައެވެ.

މި ސަރުކާރުން ގެންގުޅެނީ ކުރީގެ ސަރުކާރުތަކުން ގެންގުޅުއްވާ އުޞޫލު ނޫންކަމަށާއި، ކުރީގެ ސަރުކާރުތަކުން ރިޔާސީ އިންތިޚާބުތަކާއި ދިމާކޮށް ރަށްރަށުގައި ތަފާތު މަޝްރޫތަކުގެ ބިންގާ އަޅާކަމަށާއި އިންތިޚާބަށްފަހު އެކަންކަން ކުރިއަށް ނުދާކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް، މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ ރިޔާސީ އިންތިޚާބު އައުމުގެ ކުރިން މަޝްރޫޢުތައް ނިންމައި އެ މަޝްރޫޢެއްގެ ފަސޭހަކަމާއި ފައިދާ ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުން ކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.

ހިޔާލު

ގުއިއްޒު

ތަރައްގީ އަންނާނީ ވަގުންގެ ފަރާތުންކަން ޔަޤީން.

ރައްޔިތުން

ކަންކަން އޮޅުވާނެ ކަމެއް ނެއްތަ އަންނި ވެރިކަން ގައުމުގެ މަސްލަހަތު ނަގާލާ ގައުމު ކަރާމާތާއި ހަމަޖެއްހުމާއި ތަރައްގީ ހަލާކުކޮށްލީ ޔާމީން.

ގުއިއްޒު

ތަރައްޤީ މިދަނީ އެބުޑުބުޑުން ޖަހަމުން.

ބީވާ

ތަރައްގީ ކުރިއަސް އޯކޭ. އެކަމު ތިޔަހަރަ ކުރާ ތަރައްގީ އެއް ދޯ؟ ޖީބު ފުރެނީ، ގައުމު ދަރަނީ.

ބަކުރުބެ

ތަރައްްްޤީ އެބަކުރެވެއެއްނު އަމިއްލަޖީބުވެސް، 1 މިލިއަން ޑޮލަރުވަދެ ބެންކް އެކައުންޓްވެސް ތަރައްޤީވިއެއްނު، 25 ބުރިއަށް ގެ ހިއްލާލުން މިވެސް އަމިއްލައަށް ލިބުނު ތަރައްޤީއެއްނު، އަދުރޭމެން ފުލެޓްގަނެ ބޮޑެތި ފިހާރަތަށް ގަނެ މުއްސަދި މަހުޖަނުންނަށްވުން މިވެސް ވީ ތަރައްޤީއެއްނު، މުޅި ހަޒާނާ ކައިރީގަ އުޅޭ މީހުންކޮޅަށް ބަހާލުން މިވެސް ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ތަރައްޤީތޯ..

އިބްރާހީމު

ވައްކަން ކުރާ މީހުންގެ އަތް ކަނޑަން ދީނުގަ އޮންނަނީ. އެއީ ވަގުންނަކީ އަމިއްލަ ނަފްސް ތަރައްޤީ ކުރާ ބަޔަކަށް ވާތީ ކަމަށް ބެލެވެނީ. އެކަހަލަ މީހުންނަކީ އާންމުންނަށް ޖެހޭ ބޮޑު މުސީބާތެއް.