Meehunge Undhagoo Boduve Kuda Kuda Taimur Ah Ves Bodyguard Eh
image
ތައިމޫރު އަލީ ހާން-
0 ކޮމެންޓް
 

މީހުންގެ އުނދަގޫ ބޮޑުވެ ކުޑަކުޑަ ތައިމޫރަށް ވެސް ބޮޑީގާޑެއް

ބޮލީވުޑުގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ ކައިވެންޏަށް ލިބިފައިވާ ތައިމޫރު އަލީ ހާންވެސް މިވަނީ އޭނާ މައިންބަފައިންނެކޭ އެއްފަދައިން މަޝްހޫރުވެފައެވެ.
އުމުރުން އެންމެ އެއް އަހަރުގެ ތައިމޫރު، ބޭރަށް ނުކުމެލާނެ ވަގުތަކަށް ކެމެރާމަނުން އެގޭ ދޮށުގައި މަޑުކޮށްލައިގެން ތިބެނީކީ ވަކި މަދެއްކޮށް ނޫނެވެ. ބޮލީވުޑުގައި އެންމެ 'ކިއުޓް ސްޓާކިޑް" ގެ ގޮތުގައި ގިނަ ބަޔަކު ތައިމޫރު ދެކޭއިރު އޭނާއާއެކު ފޮޓޯއަކަށް ހުއްޓިލަން ލިބުމަކީ ބޮޑު ފަހުރެއް ކަމަށް ވެސް ދެކޭ މީހުން މަދެއް ނޫނެވެ.

ދާދިފަހުން ތައިމޫރު ވަނީ އޭނާ ބަލަހައްޓަމުން އަންނަ އަންހެންމީހާއާއެކު ޕްލޭސްކޫލަށް ގޮސް ސޮހާ އަލީ ހާނުގެ ދަރިފުޅުއި ނާޔާ، އަންނާނެ އިރަކަށް ބޭރުގައި މަޑުކޮށްލައިގެން ހުރެފައެވެ. އޭރު ކެމެރާމަނުން އޭނާގެ ފޮޓޯ އާއި ވީޑިއޯތައް ނަގަމުން ދަނިކޮށް ކުއްލިއަކަށް ތައިމޫރުއާ ކައިރިވެ މީހަކު ވަނީ އޭނާއާއެކު ފޮޓޯއެއް ނަގަން މަސައްކަތްކޮށްފައެވެ. ނަމަވެސް އޭނާ ބަލަހައްޓަމުން އަންނަ މީހާ ވަނީ ތައިމޫރުއާއެކު އެމީހާ ފޮޓޯއެއް ނެގުމުގެ ކުރިން އެތަނުން ފޮނުވާލާފައެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގައި ދެ އަހަރު ފުރޭ ތައިމޫރަށް ޕަޕަރާޒީންގެ އުނދަގޫ ވަރަށް ބޮޑަށް ފޯރަމުން އަންނާތީ އޭނާގެ ހަށި ރައްކަލަށް ބޮޑީގާޑަކު ހޯދުމަށް މިހާރު އޭނާގެ މައިންބަފައިން ވިސްނަމުން އަންނަކަމަށް ހަބަރުތައް ބުނެއެވެ. ތައިމޫރަކީ ކުޑަކުއްޖެއް ކަމުން އޭނާއަށް ޕަޕަރާޒީންގެ އުނދަގޫ ނުވާނެ ފަދަ އާދައިގެ ދިރިއުޅުމެއް ދޭން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ކަރީނާ މީގެކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. ނަމަވެސް ދާދިފަހުން މީހަކު އޭނާއާއެކު ފޮޓޯ ނަގަން މަސައްކަތްކުރި ގޮތުގެ ވީޑިއޯ ވައިރަލްވެ ކުޑަކުޑަ ތައިމޫރަށް ވެސް ބޮޑީގާޑެއް ވަރަށް އަވަހަށް ހޯދާނެ ކަމަށް ބެލެވެއެވެ.

2012 ވަނަ އަހަރު ކަރީނާ ކަޕޫރާއި ސައިފް އަލީ ހާނު ކައިވެނިކޮށްފައިވާއިރު ތައިމޫރަކީ އެމީހުންގެ ކައިވެންޏަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. 1991 ވަނަ އަހަރު ސައިފްގެ ފުރަތަމަ ކައިވެނިކޮށްފައިވަނީ އަމްރިތާ ސިންގްއާއެވެ. ނަމަވެސް 2004 ވަނަ އަހަރު އޭނާ ވަނީ އަމްރިތާ ވަރިކޮށްފައެވެ. އޭރު އެކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއް ލިބިފައެވެ. ސާރާ އަލީ ހާނާއި އިބްރާހިމް އަލީ ހާނުގެ ނަން ދީފައިވާ އެދެ ކުދިނާއި ކަރީނާގެ މެދުގައި ވެސް ރަނގަޅު ގުޅުމެއް އޮންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ހިޔާލު