Hithaadhoogai Sarukaarun Elhި Nufenna Engine Ge!
image
ހިތާދޫގައި އިންޖީނުގެ އަޅަން ދޫކޮށްފައިވާ ބިން---ފޮޓޯ:ހިތަދޫއޮންލައިން
3 ކޮމެންޓް
 

ހިތާދޫގައި ސަރުކާރުން އެޅި ނުފެންނަ އިންޖީނު ގެ!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރަށްރަށުގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތައް އެނގޭ ގޮތަށް ހަދާފައިވާ ރަށްވެހި ތަރައްގީ ފޮތުގައި ބ.ހިތާދޫގައި 3.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިންޖީނުގެއެއް އަޅާފައިވާ ކަމަށް ބުނެފައިވާ އިރު އެރަށުގައި އިންޖީނުގެއެއް އަޅާފައި ނުވާކަން ހާމަވެއްޖެއެވެ. dhi2
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގާ މަޝަރުއޫތަކުގެ މައުލޫމާތު ހިމެނޭ ގޮތަށް އާންމުކޮށްފައިވާ ފޮތުގައި ވާގޮތުން ބ. ހިތާދޫގައި އިންޖީނުގެ އަޅަން 3،540،405.58 ރުފިޔާ ދައުލަތުން ހަރަދު ކޮށްފައިވެއެވެ.

ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފޮތުގައި މަސައްކަތް ނިމިފައިވާ ކަމަށް ޖަހާފައި އޮތް ނަމަވެސް އެއްވެސް އަމަލީ މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށް ކައުންސިލުން ސަރުކާރަށް ބިމެއް ހަމަޖައްސާފައިވީ ނަމަވެސް އެތަން އޮތީ އަދި އޮތް ގޮތަށް ކަމަށް ވެސް އަޒީޒު ވިދާޅުވިއެވެ.

"ފޮތުގައި އޮތީ އެމަސައްކަތް ނިމިފައި އޮތް ކަމަށް. ނަމަވެސް އެއްވެސް އަމަލީ މަަސައްކަތެއް ނުކުރޭ. އަޅުގަނޑުމެން ރައީސް އޮފީހަށް ވެސް އެމައުލޫމާތު ހިއްސާ ކުރިން. އެކަމަކު އަދި ޖަވާބެއް ނުދޭ. ފެނަކައިން ވެސް ބަހެއް އަދި ނުލިބޭ،" އަޒީޒް ވިދާޅުވިއެވެ.

އޭގެ އިތުރުން އަޒީޒް ވިދާޅުވީ ފޮތުގައިވާ އެހެން މަސައްކަތްތައް ނިމިފައިވާ ކަމަށާއި މިހާރު ހަމައެކަނި ކުރިއަށް ދަނީ ފުޓްސެލް ދަނޑުގެ މަސައްކަތް ކަމަށެވެ.

ސަރުކާރުން ރަށްވެހި ތަރައްގީގެ ނަމުގައި ނެރެފައިވާ ފޮތުގައި ނިމިފައިވާ ކަމަށާއި އަދި ކުރިއަށްދާ ކަމަށް ބުނެފައިވާ ބައެއް މަޝްރޫއުތައް ކުރިއަށް ނުދާތީ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ހިޔާލު

އަލީ

ޙިތާދޫގަ އިންޖީނުގެ އެޅުމަކީ ރައީސް ޔާމީނު ވެރިކަމުގެ އެކަނި ޒިންމާަ އެއްނޫން ކޮބާ އަނެއް 6 ރައީސް....ރައީސް ޔާމީން ވަނީ މިފަސް އަހަރު ރެކޯޑު އަދަދަކަށް ޕްރޮޖެކުޓު ހިންގާފަ....

މޫސަބޭ

އެފޮތުގެ ހައްދުންމަތީ މާމެންދޫގެ ބައިގައި އޮންނާނެ ނަރުދަމާއެއް އެޅުމަށް 30 މިލިޔަން ރުފިޔާއަކާއި ޑިޒައިންކުރުމަށް 30 މިލިޔަން ރުފިޔާއެއް ޚަރަދުކޮށް ނިންމާފައިވާކަމަށް.

ޔަސް

ފެންނަ ކަންތައް ކިޔަން ޅަދުގަންނަނީތަ.