Cafe Thakaai Restaurant Thakugai Cigarette Buin Manaakuran Petition Eh
image
ކެފޭތަކާއި ރެސްޓޯރަންޓް ތަކުގައި ސިނގިރޭޓް ބުއިން މަނާކުރަން ޕެޓިޝަނެއް--
3 ކޮމެންޓް
 

ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ސިނގިރޭޓް ބުއިން މަނާކުރަން ޕެޓިޝަނެއް

ކެފޭތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމާއި ދެކޮޅަށް ގޮވާލައި، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ޕެޓިޝަނެއް ހުޅުވާލައިފިއެވެ.
މިމަހުގެ 13 ވަނަ ދުވަހު އޮންލައިންކޮށް ހުޅުވާލި ޕެޓިޝަންގައި މިހާތަނަށް 1،350 މީހުން ސޮއިކޮށްފައިވެއެވެ. އަދި 1،500 މީހުން ސޮއި ކުރުމަށް އަމާޒުކޮށްފައިވާކަމަށް އެޕެޓިޝަނުން ފެނެއެވެ.

އަފްއާލް ހުޅުވާލެއްވި ޕެޓިޝަންގައި ލިޔެފައިވާ ގޮތުން ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 81 އިންސައްތަ މީހުން މަރުވަނީ ދުންފަތުން ޖެހޭ ބަލިތަކުގެ ސަބަބުން ކަމަށެވެ. އޭގެ ތެރެއިން ސެކަންޑް ހޭންޑް ނުވަތަ އެހެން މީހުން ބޯސިނގިރޭޓުގެ ދުމުގެ އަސަރު ކޮށްގެން ސިނގިރޭޓު ނުބޯ މީހުންނަށްވެސް އޭގެ އަސަރު ކުރާ ކަމަށެވެ.

އޭގެ އިތުރުން އަފްއާލް ބުނާގޮތުގައި ދުންފަތިގެ އިސްތިއުމާލް ކުރަން ހުއްދަ ކުރާ ކެފޭ ތަކާއި ރެސްޓޯރަންޓް ތަކުގައި ސިނގިރޭޓު ނުބޯ މީހުންނާއި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 7،000 ކެމިކަލްގެ އަސަރު ކުރާނެ ކަމަށާއި އޭގެ ސަބަބުން ތަފާތު ހިތާއި ފުއްޕާމޭގެ ބަލިތައް ޖެހޭކަމަށެވެ. އަދި އެތަންތަނުގެ މުވައްޒަފުންނަށް އަށް ގަޑިއިރު މަސައްކަތް ކުރާއިރު 26 ސިނގިރޭޓް ބިއުމާ އެއްވަރަށް ދުންފަތުގެ އިސަރު ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެއްވެސް މުވައްޒަފެއް ބުރަ މަސައްކަތް ކޮށް މުސާރަ ހޯދާއިރު މިފަދަ ބަލިތަކާ ކުރިމަތި ލާން ނުވާނެ ކަމަށް އެނާ ވިދާޅުވިއެވެ. އެހެންކަމުން މުވައްޒަފުންނާއި، ސިނގިރޭޓު ނުބޯ މީހުންނާއި، އާއިލަތައް ދުންފަތުގެ އަސަރުން ދުރުވެ ތިބުމަށް އެހީވެ، އެޕެޓިޝަންގައި ސޮއި ކުރުމަށް ގޮވާލައިފައިވެއެވެ.
ހިޔާލު

ދުންފަތް

ވެއިޓަރުކަން ކުރާ ސިގިރޭޓު ނުބޯ މީހުން ވަރަށް މަދު. ޖަަސްޓް ސެއިންގް ފްރޮމް އެކްސްޕީރިއެންސް. ޕްލަސް، މޮސްޓް ކެފޭޒް ހޭވް ސެޕަރޭޓް އޭރިޔާޒް ފޮ ޑައިނިންގް އެންޑް ސްމޯކިންގް. އިފު ޔޫ ޕުރިފާ ނޯ ސްމޯކިންގު ޕުލީޒް ޗޫޒް ފްރޮމް ދަ އޯލްރެޑީ އެގްޒިސްޓިންގް ހައި ނަމްބާ އޮފް ރެސްޓޯރެންޓްސް ތެންކިޔު

ރީރަންހާރު

ރަނގަޅު ކަމެއް. ތާއީދުކުރަން. މަގުމަތީގަވެސް ތިޔަގޮތަށް ސިނގިރޭޓް ބުއިން މަނާ ކުރަންވީ

އަޙުމަދު

މިހާރުވެސް ރެސްޓޯރަންޓާއި ކެފޭތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ޤާނޫނީގޮތުން މަނާ ކަމެއް ކަމަށް (ޤާނޫނު ނަންބަރާއި އެކު) ޖަހާފައިވާ ލިއުމެއް ހުރެއެވެ. އެ ލިއުމުގެ ދަށުގައި ތިބެގެން މީހުން ސިގިރެޓް ބޯ އިރު އެތަންތަން ހިންގާ މީހުން އެކަން ހުއްޓުވަން ބޭނުން ނުވަނީ އެމީހުން ސިގިރެޓް ވިއްކާތީއާއި، އެ ބޯން ތިބޭ އިރު ކެއުމާއި ބުއިން އެމީހުން އަތުން ވިކޭތީއެވެ. ޤާނޫނާއި ޤަވައިދަށް އިހުތިރާމްކުރުމަކީ ދިވެހިން ދަންނަ ކަމެއް ނޫނެވެ.