Hanimaadhoo Airport Jetty Gai Oi Launch Eh Adiah higahje
image
ހަނިމާދީ އެއާޕޯޓް ޖެޓީގައި އޮތް ލޯންޗެއް އަޑިއަށް ދިއުމުން ސިފައިން ހަރަކާތްތެރި ވެއްޖެ---
0 ކޮމެންޓް
 

ހަނިމާދީ އެއާޕޯޓް ޖެޓީގައި އޮތް ލޯންޗެއް އަޑިއަށް ހިނގައްޖެ

ހދ. ހަނިމާދޫ އެއާޕޯޓް ޖެޓީ ސަރަހައްދުގައި އަޅާފައިއޮތް ލޯންޗެއް ދިޔަވެ އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި އެހާދިސާ ހިނގީ މިއަދު މެންދުރު 13.51 ކަންހާއިރު ކަމަށެވެ. އެހާދިސާގައި ޖެޓީ ކައިރިއަށް އަޑިއަށް ގޮސްފައިވަނީ ހދ. ކުޅުދުއްފުށި "ކިރުނަ" ނަމަކަށް ކިޔާ ލޯންޗެކެވެ.

ލޯންޗް އަޑިއަށް ދިޔަކަމުގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފުން ހަރަކާތްތެރިވެ ލޯންޗު ވަނީ ނަގާފަވެއެވެ. ލޯންޗް ނެގުމުގައި ހަނިމާދޫ އެއާޕޯޓް މުވައްޒަފުންގެ އެހީތެރިކަން ލިބުނު ކަމަށާއި ލޯންޗް ނެގުނީ މިއަދު މެންދުރު 14:30 ކަންހާއިރު ކަމަށް ސިފައިން ބުނިއެވެ.

އެލޯންޗް ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވަނީ ފަޅުތެރޭގައި އަޅާފައިވަނިކޮށް ކަނޑުގަދަވެ ދިޔަވުމުގެ ސަބަބުންކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ހިޔާލު