Afghanistangai Thauleemee Marukazah Dhin Hamala Ehgai 50 maru
image
އަފްގާނިސްތާނުގެ ތައުލީމީ މަރުކަޒަކަށް ދިން ހަމަލާއެއްގައި 50 މީހުން މަރުވެއް--
0 ކޮމެންޓް
 

އަފްގާނިސްތާނުގެ ކިޔަވައިދޭ މަރުކަޒަކަށް ދިން ހަމަލާއެއްގައި 50 މަރު

އަފްގާނިސްތާންގެ ކާބުލްގައި ޝިއާއިން ދިރިއުޅޭ ސަރަހައްދެއްގައި ޖާނުން ފިދާވެގެން ދިން ހަމަލާގައި 48 މީހުން މަރުވެއްޖެއެވެ.
އެގައުމުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ވިދާޅުވީ 48 މީހުން މަރުވެވިކަން މިތާހަނަށް ކަށަވަރު ކުރެވިފައި ވާކަމަށާއި ގިނަ އަދަދެއްގެ މީހުންނަށް ތަފާތު އަނިޔާތައް ލިބިފައިވާކަމަށެވެ.

"މިއީ ޖާނުން ފިދާވެގެން ދިން ހަމަލާއެއްކަން ކަށަވަރު ކުރެވިއްޖެ. އެމީހާ އުޅުނީ ފައިމަގުގައި. ބޮން ގޮއްވާލީ ދަޝްތު އީ ބާޗީ ހިސާބުގައިވާ ތައުލީމީ މަރުކަޒުގައި." ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެހިސާބުގައި ދިރިއުޅޭ މީހުން ބުނީ ލަފާ ކުރެވޭ ގޮތުގައި އެތަނަށް އެހަމަލާ އަމާޒު ކޮށްފައިވަނީ ފިރިހެން ދަރިވަރުންނާއި އަންހެން ދަރިވަރުން އެކުގައި ކިޔަވަމުންދާ ތަނަކަށް ވާތީ ކަމަށެވެ.

އެހަމަލާގެ އެއްވެސް ފަރާތަކުން ޒިއްމާ ނަގާފައިނުވާއިރު އެހަމަލާގައި އެއްވެސް އަތެއް ނުވާކަމަށް ތާލިބާނުންވަނީ ބުނެފައިވެއެވެ. އަދި ގިނަ ބަޔަކު ބުނާ ގޮތުގައި އެހަމަލާގެ ފަހަތުގައި އިސްލާމިކް ސްޓޭޓް ނުވަތަ އައިސިސް ވާކަމަށް ބެލެވޭ ކަމަށެވެ.

ހަމަލާ ދިން ގަޑީގައި ތައުލީމީ މަރުކަޒުގައި ތިބީ ކިތައް މީހުންކަމެއް އަދި ހާމައެއްނުކުރެއެވެ. މަންޒަރުދުށް ފަރާތަކުން ބުނީ ބޮން ގޮއްވާލި ގަޑީގައި އެތަން އޮތީ ވަރަށް ފުރިފައިކަމަށެވެ.
ހިޔާލު