Mafushin Ibu ah Maruhabaa Kee Dollarun!
image
މާފުށިން އިބޫއަށް މަރުހަބާ ކިޔަނީ---
6 ކޮމެންޓް
 

މާފުށިން އިބޫއަށް މަރުހަބާ ކީ ޑޮލަރުން!

ގެސްޓު ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަނ ކ.މާފުށިން އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު(އިބޫ)އަށް ޑޮލަރުގެ މާފަތިތަކުން މަރުހަބާ ކިޔައިފިއެވެ. Dhiraagu
މާލޭގައި ދޮރުން ދޮރަށް ހިންގަވަން އުޅުއްވުމަށްފަހު މިއަދު އިބޫ ވަނީ މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ފުރާ ވަޑައިގެންފައެވެ. އެ ދަތުރުގައި މިއަދު މެންދުރު އިބޫވަނީ ކ.މާފުއްޓަށް ވެސް ވަޑައިގެންފައެވެ.

އިބޫ މާފުއްޓަށް ވަޑައިގެންނެވުމުން އެތައް ބަޔަކުވަނީ އިބޫއަށް މަރުހަބާ ދަންނަވާފައެވެ. ކ.މާފުއްޓަކީ ގެސްޓު ހައުސް ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ އަދި އެ ވިޔަފާރީގެ ނަފާ އެންމެ ބޮޑު ރަށެވެ.

އިބޫ ވަނީ މިއަދު މާފުށީ ޑޮލަރު ޖަގަހައިގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ހަދާފައިވާ ޖަގަހައެއް ހުޅުވާފައެވެ. އެ ޖަގަހަ ހުޅުވަން އިބޫ ވަޑައިގެންނެވުމުން އިބޫއަށް މަރުހަބާ ކިޔާފައިވަނީ ޑޮލަރު ބޭނުން ކޮށްގެން ހަދާފައިވާ މާފަތިތަކުންނެވެ.
މާފުށީގައި ހުޅުވި ޑޮލަރު ޖަގަހަ---
ޑޮލަރު މާފަތިން އިބޫއަށް މަރުހަބާ ކިއުމުން އިބޫވަނީ ޖަގަހަ ހުޅުވައި ދެއްވުމަށްފަހު ދެއްކެވި ވާހަކާގައި އެކަން ފާހަގަ ކުރައްވާފައެވެ. ގެސްޓު ހައުސް ވިޔަފާރީގެ ފައިދާ ރައްޔިތުންނަށް ކުރަމުންދާ މިންވަރު ސާފުވާ ކަމަށް ވިދާޅުވެ އިބޫވަނީ ގެސްޓު ހައުސް ވިޔަފާރި ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ގެސްޓު ހައުސް ސިޔާސަތު ގެނެސްދެއްވީތީ އިބޫ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޝުކުރު ދަންނަވާފައެވެ.
ހިޔާލު

ކޮޕީ

ވަރަށް އަވަަހަށް ކޮޕީ ކުރާނެ. ހަޖަމް ނުވެގެން.

އަހްމަދު ރަޝާދު ހަސަން

ހޮޓާ ކެފޭ ގެސްޓް ހައުސް ވިޔަފާރި ތަކުން ނަގާ ކަރަންގެ އަގު ކުޑަ ކުރަން ފެނޭ އަދި ކާބޯ ތަކެތި ވިއްކުމަށް ނަގާ ހުއްދަޔަށް ނަގާ ފައިސާ ކުޑަކުރަން ގޮވާލަން

ލަކޫ

ދައުލަތުގެ އިސްވެރިން އެމީހުންގެ ޖީބަށް ވައްދަން މީހުންގެ އަތުން ނަހައްޤުން މިހޯދާ އަރިމަތީ ޓެކުސް ހުއްޓާލަންޖެހޭ މިސާލަކަށް ވިފާރި ފޯމަކަށްވެސް 5000 ރުފިޔާވެސް ނަގާފާނެ!

ސޮނާލީ

އެވެސް 1ޑޮލަރު ....ޕަކާސް

ފުވައްމުލަކު ބޭސްސިޓީ

ފުވައްމުލަކުރައްޔިތުންގެފަރާތުން މާފުށީރައްޔިތުންނަށް މަރުހަބާއާއި ޝުކުރު .. ތިޔަހިތްވަރުގަ ސާބިތުކަމާއެކުތިއްބަވާ ..

އަޙުމަދު

ވަރަށް އުފަލާއި، ހިތްވަރުލިބޭ އިޞްލާޙަށް ރައްޔިތުންގެ ތާއީދު އޮތްވަރު ފެނުމުން.