Islaami marukazu jagaha eh gothah beynun kuri kamah bune faadu kiun
image
ޕީޕީއެމްގެ ސިޔާސީ ހަރަކާތެއް ތިނަދޫ އިސްލާމީ މަރުކަޒުގައި ހިންގަނީ
10 ކޮމެންޓް
 

ތިނަދޫ އިސްލާމީ މަރުކަޒު ޖަގަހައެއްގޮތަށް ބޭނުންކުރިކަމަށްބުނެ ފާޑުކިއުން

ގދ ތިނަދޫގައި ގާއިމް ކޮށްފައިވާ އިސްލާމީ މަރުކަޒު ޕީޕީއެމްގެ ކެމްޕެއިން ޖަގަހައެއް ގޮތުގައި ބޭނުންކުރިކަމަށްބުނެ ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ތިނަދޫއަށް ކުރެއްވި ދަތުރުގައި އެރަށުގެ އިސްލާމީ މަރުކަޒުގެ ސިޑިމައްޗަށް ދެޖިންސްގެ މީހުން ގޮވައިގެން ވަޑައިގެން ފޮޓޯނަންގަވާ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައްވަނީ އެ ސަރަހައްދުގައި ހިންގާފައެވެ.

ޝަހީމް އިސްވެ ހުންނަވާ ހިންގެވި ހަރަކާތުގައި ޕީޕީއެމްއަށް ސަޕޯޓްކުރާ 150 ވަރަކަށް މީހުންވަނީ އިސްލާމީ މަރުކަޒުގެ ސިޑިތައްމަތީ ސިޔާސީ ހަރަކާތް ހިންގާ އަޑުގަދަކޮށް ރައީސް ޔާމީނަށް ވޯޓް ދިނުމަށް ގޮވާލާފައެވެ. މި ހަރަކާތުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން މެޓީރިއަލްސްއާއި ޕީޕީއެމްގެ ދިދަވެސް ބޭނުންކޮށްފައިވެއެވެ.

އެ ސަރަހައްދުގައި ހުންނަވާ ވާހަކަ ދައްކަވަމުން އިސްލާމީ މަރުކަޒަށް އިޝާރާތް ކުރައްވާ ޝަހީމް ވިދާޅުވީ އެއީ ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް އެތަނުން މަންފާ ލިބޭނެ ތަނެއް ކަމުގައެވެ.

މީގެ އިތުރުން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ތިނަދޫއަށް އެންމެ ބޮޑު ތަރައްޤީއެއް ގެންނެވި ރައީސްއަކީ ރަޢީސް އަބްދުﷲ ޔާމީންކަމަށާއި އެހެންކަމުން ތިނަދޫގެ ހުރިހާ ރައްޔިތުންވެސް ރައީސް ޔާމީނަށް ވޯޓް ދެއްވުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ.

ތިނަދޫ އިސްލާމީ މަރުކަޒުގައި ސިޔާސީ ހަރަކާތް ހިންގުމުން އެކަމާއި ނުރުހި ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ގެންދާއިރު ޑރ ޝަހީމަށްވެސް އަންނަނީ އެކަމާއި ގުޅިގެން ފާޑުކިއުންތައް އަމާޒު ވަމުންނެވެ.
ހިޔާލު

އަޒީ

ތިއުަލެނީ ހަމަ ހަޖަމު ނުކުރެވިގެން ތިފޮޓޯ ދޭހަކޮށް ދެނީ ރައީސް ޔާމީނަށް ތާއީދުކޮށް ވޯޓް ދޭން ޢަޒުމާއެކު ނިކުންނަންވީ އިސްލާމީ ޝިއާރު ފާޅުކޮށް މިދިވެހި އުންމަތް ދިވެހިވަންތަ މުސްލިމު ޤައުމެއްގެ ގޮތުގައި ބޭއްވުމަށްޓަކާ ހުޅަނގުގެ ނަސާރާ އިނ ދައްކާބިރުތަކަށް ޖެހިލުންވުމެއްނެތި ކެރުމާއި ހިތްވަރާއި އަޒުމާއި އެކު ހުންނެވި ހިތްވަރުގަދަ ވެރިޔަކަށް ވާތީ ކަން

ރަށު މީހާ

މިސްކިތްތަކަށް އަންހެނުން ހުއްދަވަނީ ވުޟޫ ކޮއްގެން، އެ ޙައިޟުގެ ނަޖިސް ލޭހުރެ އެރުން ހުއްދަ ތަނެއް ކަމަކަށް ބެލެވޭކަށް ނެތް،

hus fithuna

ފާޑުކިޔަނީ ދީނުގެ ކަންކަން ރަނގަޅަށް އޮޅުންނުފިލާތީ.
މިސްކިއްތަކުގައި މުސްލިމުން ކައިބޮއި ހަދައިގެން އުޅޭ . އެއީމައްސަލައެއް ނޫން.

ގާޒީ

ނަސީބެއް ދެޖިންސް އެއްޖަމާއްތެއްގަ ޝަހީމް އިމާމްވެހުރެ ނަމާދުނުކުރިން!

އޮޅާލި

ތިޔަތާކު ނެގި ފޮޓޯތަކުން ފެންނަން ހުރި ހެކިތަކަށް ބަލާއިރު، ފިރިހެނުންނާއެކު ޝަހީމު ހުރިނަމަ މިސްކިތަކަށް ވީތީ، ތަންކޮޅެއް ލޮލަށް ފަސޭހަވީހެވެ. އެހެނެއްކަމަކު ޝަހީމަށް ހަމަ މިސްކިތުގައި ވެސް ތިޔަ އިނދެވެނީ ހުރިހާ އަންހެންވެރިންގެ މެދުގައެވެވެ. މިސްކިތުގެ ހުރުރުމަތް ވެސް ތިވަނީ ކެނޑިފައެވެ. ޢައުރަ ނިވާނުވާ އަންހެނުންނާއެކު މިސްކިތަށް ނާރާ ތި ފޮޓޮއަށް މިސްކިތް އަރާގޮތަށް މިސްކިތާ ދުރުގައި ތިބެ ވެސް ތި ފޮޓޯނެގިދާނެއެވެ.

އަލްމުދިސް

ދުޢާ ކުރުމަށް މިސްކިތައްވަރެ އައުލާކަންބޮޑު ތަނެއް ނުވޭ، އެހެން ނޫންނަސް ދުޢާ ދަންނަވަނީ ﷲގެ ހަޒުރަތުގައި. އަންނިއަށް ދުޢާކުރާ ކަން އެގިފައެއްނުވޭ، އެހެނީ އެއީ އިންސާނަކަށް ވާތީއާ އަޅުގަނޑުމެން ދިވެހިންނަނީ ކަނލާގެވަންތަކަށް އެހެން އިންސާނުންނަށް ދީ އުޅޭ ބަޔަކަށް ނުވާތީ. ޙަބީބުވެސް ވިސްނާލީމާ މިކަން ކަން އެނގިލައްވާނެ. ވެދުމާ ސަލާމް

ނަން

ޝަހީމު ދަތުރު މިކުރަނީ ހަމަ ހަލާލު ފައިސާއިންބާ؟

އަހުމަދު

އެމީހުންނުކުރާނެ ޤަވާއިދާއި ޚިލާފުކަމެއް... ފަރީވާނެ ހުރިހާކަމެއް..

ޙަބީބު

ޢިސްލާމީމަރުކަޒުގައި ކޮންމެ ހުކުރުދުވަހު އަންނިއަށް ދުޢާކުރަނީ އޯ............

ކަޅުސޮރު

މިހާރު ދެން ޝަހީމް އާއި ދޭތެރޭގަ ޝައްކުވާ ހިސާބައް ދިޔައީ ތާދޯ