Islaami marukazu gai siyaasi harakaiyy hingun, Dr iyaz sifakurehvee furahsaaraeh kamah
image
ތިނަދޫ އިސްލާމީ މަރުކަޒުގައި މިއަދު ޕީޕީއެމްގެ ސަޕޯޓަރުން
7 ކޮމެންޓް
 

އިސްލާމީ މަރުކަޒުގައި ސިޔާސީ ހަރަކާތް، އިޔާޒު ސިފަކުރެއްވީ ފުރައްސާރައެއް ކަމަށް

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޑް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ ހުންނަވާ ގދ ތިނަދޫ އިސްލާމީ މަރުކަޒުގައި މިއަދު ސިޔާސީ ހަރަކާތް ހިންގި ހިންގުމަކީ އިސްލާމް ދީނަށްކުރި ފުރައްސާރައެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބްދުއްލަތީފް ސިފަކުރައްވައިފިއެވެ. muni
ޑރ އިޔާޒް މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ސިޑިމަތީގައި އަންހެން ފިރިހެން ގައިގޯޅިވެ ޕީޕީޢެމްގެ ސަޕޯޓަރުން މިއަދު ހިންގި ސިޔާސީ ހަރަކާތާއި ދެކޮޅަށް ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހުމަދު މަފްލޫޕް ކުރެއްވި ޓްވިޓަކަށް ކުރެއްވި ރިޕްލައިގައެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުގައިވެސް ހުންނެވި ޝަހީމް އިސްވެހުންނަވާ ހިންގި ހަރަކާތުގެ ފޮޓޯ މަހުލޫފް ޓްވިޓްކުރައްވާފައިވާއިރު އެއަށް ދެއްވި ރިޕްލައިގައި އިޔާޒް ވިދާޅުވީ "މިއީ ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް" ކަމުގައެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ މިސަރުކާރުގެ ދީނީ ކާޑްގެ ތެރެއިން އެއް ކާޑެވެ. ނަމަވެސް އެތާންގެ ސިޑިމަތީގައި އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ ސިޔާސީ ބޭނުމުގައި ފޮޓޯ ނަގާ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތް ހިންގުމުން އެތައް ބައެއްގެ ފާޑުކިއުންވަނީ ސަރުކާރަށާއި ޕީޕީއެމްއަށް އަމާޒުވެފައެވެ.

މީގެ އިތުރުން ސިޑިމައްޗަށް ސިޔާސީ ހަރަކާތް ހިންގުމަށް އެރި ބައެއް މީހުން ފައިވާނާއި އެކު އަރާތިބުމުން އެކަމަށްވެސް އެތައް ބައެއްގެ ފާޑުކިއުންވަނީ އަމާޒުވެފައެވެ.

ޝަހީމް އިސްވެ ހުންނަވާ ހިންގެވި ހަރަކާތުގައި ޕީޕީއެމްއަށް ސަޕޯޓްކުރާ 150 ވަރަކަށް މީހުންވަނީ އިސްލާމީ މަރުކަޒުގެ ސިޑިތައްމަތީ ސިޔާސީ ހަރަކާތް ހިންގާ އަޑުގަދަކޮށް ރައީސް ޔާމީނަށް ވޯޓް ދިނުމަށް ގޮވާލާފައެވެ. މި ހަރަކާތުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން މެޓީރިއަލްސްއާއި ޕީޕީއެމްގެ ދިދަވެސް ބޭނުންކޮށްފައިވެއެވެ.

އެ ސަރަހައްދުގައި ހުންނަވާ ވާހަކަ ދައްކަވަމުން އިސްލާމީ މަރުކަޒަށް އިޝާރާތް ކުރައްވާ ޝަހީމް ވިދާޅުވީ އެއީ ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް އެތަނުން މަންފާ ލިބޭނެ ތަނެއް ކަމުގައެވެ.

މީގެ އިތުރުން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ތިނަދޫއަށް އެންމެ ބޮޑު ތަރައްޤީއެއް ގެންނެވި ރައީސްއަކީ ރަޢީސް އަބްދުﷲ ޔާމީންކަމަށާއި އެހެންކަމުން ތިނަދޫގެ ހުރިހާ ރައްޔިތުންވެސް ރައީސް ޔާމީނަށް ވޯޓް ދެއްވުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ.



ހިޔާލު

އަމީން

ދީނާއި ސިޔާސަތަކީ އެކައްޗެއް ، އެހެންކަމުން މިއީ ފުރައްސާރަ ކަމަކަށް ނުބެލެވެއެވެ.

އިބްރާހީމު

މިކަމުން ސަލާމަތް ވޭތޯ ގިނަގިނައިން ދުޢާ ކުރަންވީ.

މަފާޒް

ޝަހީމް އީސްލާމްދީން ހީމާޔަތް ކުރައްވަނީ ތީޔަހެންތޯ..

މަނީޡާ

މީސްކީތްތައް ޖަގަހަތަކައް ބަދަލުވެގެން ދީޔުނަނުދޭން އީލްމުވެރީން މަސައްކަތް ކުރަންޖެހޭ.. އަދީ މީސްކީއްތަކުގެ ހުރުމަތްކެނޑޭ އެންމެހާ އަމަލަކުން ދުރުވެތީބެންޖެހޭ..

އާސިލް

ޝަހީމު ގެ ބަހާއީ އަމަލުން ފެނިގެން ދަނީ ޝަހީމަކީ އުޅިތައް ކޮށި ވާނުވާގަ އުޅޭ މީހެއްކަން، އަދި މަޤާމަށްޓަކާ ދީނުގެ ޙުރުމަތް ކަނޑާ މީހެއްކަން ، ﷲ ތިކަހަލަ މީހުންނަށް ކުރިއެރުމެއް ނުދެއްއވާނެ އިންޝާﷲ

ލީމަން ޒާހިރު

ނުދޭނަން....! ވަރަށް ސާފު ދީން ތިޔަ ބޭނުންކުރައްވަނީ ހަތިޔާރަކަށް..!

ިުހުސް

ރަށުތެރޭގަވެސް ވަރަށްގިނައިން އަންހެނުންނާ ފިރެހެނުންވެސްއުޅޭދޯ