Alhuganduge Anhenun Nukume Siyaasee Kankamugai Iskoh Noolheyne: Ibu
image
އިބޫ---
0 ކޮމެންޓް
 

އަޅުގަނޑުގެ އަންހެނުން ނުކުމެ ސިޔާސީ ކަންކަމުގައި އިސްކޮށް ނޫޅޭނެ: އިބޫ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވިއްޖެ ނަމަ އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)ގެ އަނބިކަނބަލުން ނުކުމެވަޑައިގެން ސިޔާސީ ކަންކަމުގައި އިސްކޮށް ނޫޅުއްވާނެ ކަމަށް އިބޫ ވިދާޅުވެއްޖެއެވެ. Dhiraagu
ރާއްޖެޓީވީގެ އިބޫ ކައިރިން އަހާބަލަ ޕްރޮގުރާމުގައި މިރޭ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އަނބިކަނބަލުން ފަޒޫ އަކީ އިސްލާހީ ހަރަކާތުގައި ގްރާސްރޫޓު ލެވެލްގައި މަސައްކަތް ކުރައްވާ ބޭކަނބަލެއް ކަމަށެވެ. އަދި ފަޒޫއަކީ ތައުލީމީ ދާއިރާގެ ބޭކަނބަލަކަށްވުމުން އެ ދާއިރާއިން އިޖުތިމާއީ ހިދުމަތެއްގައި އުޅުއްވާފާނެ ކަމަށެވެ. ނަމަވެސް އިސްވެ ސިޔާސީ ހަރަކާތްތަކުގައި ނޫޅުއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ނުވަތަ ބޭކަނބަލެއްގެ ފިރިކަލުން ނުވަތަ އަނބިކަނބަލުން ސިޔާސީ ކަންކަމުގައި އުޅުއްވުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވިއްޖެ ނަމަ އަނބިކަނބަލުން ނުކުމެވަޑައިގެން ސިޔާސީ ކަންކަމުގައި އިސްކޮށް ނޫޅުއްވާނެ ކަމަށް އިބޫ ވިދާޅުވެފައިވާ އިރު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަަލުން ފާތުމަތު އިބްރާހީމް ނުކުމެވަޑައިގެން އެމަނިކުފާނުގެ ސިޔާސީ ކަންކަމުގައި އިސްކޮށް އުޅުއްވާތީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނަށް ފާޑު ކިއުން އަމާޒު ކުރެއެވެ.
ހިޔާލު