Thinadhoo Islaamee Markazge Hurumatheh Nukandan, A Ulheny Hajamnuvegen: Shaheem
image
ޑރ.ޝަހީމް މިރޭ ވާހަކަ ދައްކަވަނީ---
4 ކޮމެންޓް
 

ތިނަދޫ އިސްލާމީ މަރުކަޒުގެ ހުރުމަތެއް ނުކަނޑަން، އެ އުޅެނީ ހަޖަމުނުވެގެން: ޝަހީމް

ގދ.ތިނަދޫގައި ސަރުކާރުން ހަދަމުންދާ އިސްލާމީ މަރުކަޒުގެ ހުރުމަތް ނުކަނޑާ ކަމަށާއި ހުރުމަތް ކެނޑި ކަމަށް ބުނަމުންދަނީ ހަޖަމު ނުވެގެން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. muni
މިރޭ ގދ.ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އެތަނަކީ އަދި މިސްކިތެއް ނޫން ކަމަށާއި އެތަނަކީ އަދި ކޮންސްޓްރަކްޝަން ސައިޓެއް ކަމަށެވެ. އަދި އެތަނުގެ އެތެރެއަށް ވެސް ނުވަންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެތަނަށް އިއްޔެ ދިޔައީ ތިނަދޫގެ ރައްޔިތުން ކަމަށާއި އެމީހުންގެ ބިނާއެއް ބަލަން އެމީހުންނަށް ދެވޭނެ ކަމަށެވެ. އަދި އިއްޔެ އެތަނުގައި ނެގި ފޮޓޯގެ ސަބަބުން އެ ބިނާ މުޅި ދުނިޔެއަށް ފެނިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ހަގީގަތުގަ ވީގޮތަކީ އެބޮޑު ހައިބަތުން ފުރިގެންވާ މިބިނާ ދުށުމަށް އެމީހުންގެ ހިތްތައް ނުކުޅެދުނީ. އެމީހުންނަށް އެތަނަށް އެއްވެފައި ތިބި މީހުންގެ އެ ފޮޓޯ ހަޖަމު ނުކުރެވުނީ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ ޝިއާރުތަކާއި އިސްލާމީ ތަންތަނުގެ ހުރުމަތް ދުވަހަކު ވެސް ކަނޑާ ނުލައްވާނެ ކަމަށެވެ.

ކެމްޕޭނަށް ތިނަދުއަށް ވަޑައިގެން އިސްލާމީ މަރުކަޒުގެ ބޭރުގައި ޝަހީމް ސަޕޯޓަރުންނާއެކު ނެންގެވި ފޮޓޯއާއެކު ބައެއް ފަރާތްތަކުގެ ފާޑު ކިއުން ވަނީ ޝަހީމަށް އަމާޒުވެފައެވެ.
ހިޔާލު

ދޮންކެޔޮ ބުރޯ

މަޤާމަށްޓަކާ ތިވަރުވާކަށް ނުވާނެ. ޝަހީމްގެ އަގުވެއްޓިގެން ތިދަނީ މިކޮރަޕްޝަން ސަރުކާރާ ވައްކަން ދިފާއުކުރަން އުޅުމުން

ހުސެބެ

ބިނާ ބަލަން ޝަހީމު ބޫޓަށް ވެސް އަރައިގެން އިނީ. އެ އިީ މިސްކިތުގެ ހުރުމަތް ކެނޑުން.

ނަޒީ

މަހުޝަރައް ދުވަހުންވެސް ހަމަ ތިޔައީތޯ ދެއަވާނެ ރައްދަކީ./؟

ޢެދުންވެރިކަން

ތި ވިދާޅުވަނީ އެތާ ޑީޖޭ ޖެއްސިއަސް ހަޖަމުކުރާށޭ އެއީ ކޮންސްޓްރަކްޝަން ސައިޓެކޭތޯ؟