Makka gai kuni manage kurumah smart container thakeh
image
މައްކާގައި ކުނި މެނޭޖް ކުރުމަށް ސްމާޓް ކޮންޓެއިނާ ތަކެއް
1 ކޮމެންޓް
 

މައްކާގައި ކުނި މެނޭޖް ކުރުމަށް ސްމާޓް ކޮންޓެއިނާ ތަކެއް

ހައްޖުގެ އަޅުކަމާއި ދިމާކޮށް މައްކާއަށް އެތައް މިލިއަން މުސްލިމުންނެއް ޖަމާވެފައިވާއިރު އުފެދޭ ކުނި މެނޭޖްކުރުމަށް މައްކާގެ އެކި ސަރަހައްދު ތަކުގައި ސްމާޓް ކޮންޓެއިނާތަކެއް ބަހައްޓައިފިއެވެ.
އެކޯ ފްރެންޑީ މި ކޮންޓެއިނާ ޑަސްބިންތަކަކީ ސޯލާ ހަކަތައިން އޮޕަރޭޓްކުރާ ކޮންޓެއިނާ ތަކެކެވެ.

ސައުދީ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާޒުންބުނީ ސްމާޓް އެކޯފްރެންޑްލީ ނުވަ ކޮންޓެއިނާއެއް މައްކާގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ކަމުގައެވެ. އަދި މިއިން ކޮންމެ ކޮންޓެއިނާއެއްގައިވެސް ހަ ޓަނު ކުނި މެނޭޖްކުރުމުގެ ގާބިލްކަން ހުންނާނެކަމަށް އެއިދާރާއިން ބުނެއެވެ.

ސެންސަރތަކެއް ހަރުކޮށްފައިވާ މި ކޮންޓެއިނާތައް ފުރެން ކައިރިވުމުން ސެޓެލައިޓް މެދުވެރިކޮށް ކަމާބެހޭ އިދާރާތަކަށް ސިގްނަލެއް ފޮނުވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ހިޔާލު

އަޙުމަދު

މައްކާގެ ކަންކަން މިއަށްވުރެ ސްމާޓްވާން ޖެހޭނެ. އިންސާނުންނާއި ނުލައި މި ކަން ކުރެވޭނެ ނިޒާމެއް އުފައްދައި ޤާއިމުކުރުމުގެ ކުޅަދާންކަން އިންސާނުންނަށް ލިބިގެންވާ އިރު، މި ސްމާޓް ޑަސްބިން އެހާ ސްމާޓޭ ނުބުނެވޭނެ.