Faris ge masahkaiyy 23 September gai kaamiyaabu vaane: MRM
image
ފާރިސް މައުމޫނު: ފައިލް ފޮޓޯ
3 ކޮމެންޓް
 

ފާރިސްގެ މަސައްކަތް 23 ސެޕްޓެމްބަރުގައި ކާމިޔާބުވާނެ: އެމްއާރުއެމް

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ފައްޓަވާފައިވާ އިސްލާހީ މަސައްކަތް އަންން ސެޕްޓެމްބަރު 23 ގައި ކާމިޔާބުވާނެ ކަމަށާއި، ފާރިސް ހައްޔަރުކޮށްގެން ރައީސް އަބްދުﷲ ޔާމީނަށް ވާނެ މޮޅެއް ނެތްކަމަށް މައުމޫން ރިފޯމް މޫވްމަންޓުން ބުނެފުއެވެ.
ފާރިސް ހައްޔަރުކުރިތާ އެއް އަހަރާއި ހަމަސް އިއްޔެއަށް ވެފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފާރިސްގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ ފާރިސް ޖަލުގައި ހުންނެވި ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިވާނެ ކަމުގައެވެ.

އަންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގ 23 ވަނަ ދުވަހުއެވެ.

ފައިސަލް ވިދާޅުވީ ސެޕްޓެމްބަރު 23 ގައި ފާރިސްގެ މަސައްކަތަށް ކާމިޔާބު ލިބޭނެ ކަމުގައެވެ. އަދި 23 ސެޕްޓެމްބަރަކީ ފާރިސް މައުމޫނުގެ ހިތްވަރުން ފެއްޓެވި މަސައްކަތަށް ކާމިޔާބު ލިބޭ ދުވަސް ކަމަށާއި ފާރިސް ޖަލުގައި ބާއްވައިގެން ރައީސް ޔާމީނަށް ލިބުނު މޮޅެއްވެސް ނެތްކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ފާރިސް ޖަލުގައި ހުންނެވި ނަމަވެސް ފާރިސްގެ މަސައްކަތް ދަނީ ފިސާރި ގަދަކޮށްކަމަށާއި ފާރިސް ޖަލުގައި ހުންނަވައިގެން ކުރައްވާ މަސައްކަތަކީ ރައްޔިތުން ހަވާލު ކުރައްވާފައިވާ މަސައްކަތްކަމަށް ފައިސަލް ވިދާޅުވިއެވެ.



ހިޔާލު

ދީބު

ކުރިން މީހުން ބުނެއުޅެނީ ގާތްތިމާގެ މީހުން ކޮންމެ ކަމެއް ކުރިޔަސް ވާނެ އެއްވެސް ކަމެއް ނުއޮންނާނެއޭ. މިހާރު ބުނެ އުޅެނީ ގާތްތިމާގެ މީހުންނަށް އެއްވެސް ބެލުމެއްނެތޭ!

މުހައްމަދު

ފާރިސް މައުމޫނަކީ މީގެފަހުން ކޮށްމެވެރިކަމެއް އަޔަސް ދޫކޮށްފައި ބަހައްޓއިގެން ޤައުމީ ސަލާމަތައް ނުރައްކާވާނެ މީހެކެވެ. މިކަންވަރަށްރަނގަޅަށް އެނގޭތިމިބުނީ ހަދާންކުރާތި

އަޙުމަދު

23 ސެޕްޓެމްބަރ އަކީ ވަކި ފާރިސް ފެއްޓެވި އިސްލާޙީ މަސައްކަތަކަށް ނޫން، މުޅި ޤައުމު އެދި ގޮވާ އަދި ފާރިސްގެ ބައްޕަ މައުމޫނަށް އެ އިސްލާހު ގެނައުމަށް ދިގު 30 އަހަރު ލިބުނު ނަމަވެސް ނުގެނެސްވާ އިސްލާހު ހޯދުމަށް މުޅި ޤައުމު ކުރަމުންދާ މަސައްކަތަށް ކާމިޔާބު ލިބުމުގެ ފެށުން ކާމިޔާބުވާނެ ދުވަހެވެ. އެ ދުވަހަށް ފަހު އިސްލާހުތައް ގެނެވެން ފަށާނެއެވެ.