Vilimale 2 ahkah Current Dheyn 200 Mega Watt ge Power Station eh Qaaimukuranee
image
ސްޓެލްކޯއިްނ ހުޅުމާލޭގައި ޖަނަރޭޓަރެއް ބަހައްޓަނީ--ފައިލް ފޮޓޯ ސްޓެލްކޯ
2 ކޮމެންޓް
 

ވިލިމާލެ 2 އަކަށް ކަރަންޓް ދޭން 200 މެގަ ވޯޓްގެ ޕަވާ ސްޓޭޝަނެއް ގާއިމުކުރަނީ

ވިލިމާލެ-2 މަޝްރޫއަށް ތައްޔާރުވުމުގެ ގޮތުން 200 މެގަ ވޯޓްގެ ޕަވާ ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ފަސްޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑިރެކްޓަރު އަޙްމަދު ސައިފް ވިދާޅުވި ގޮތުގައި އެ ޕަވާ ސްޓޭޝަން ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ތިލަފުށީގައެވެ. އެ ޕަވާ ސްޓޭޝަންގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ހަކަތަ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ވިލިމާލެ 2 މަޝްރޫއު އިއުލާނުކޮށްފައިވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ހިނގަމުން ދާއިރު އަދި ހުޅުމާލެ މާލެ ބްރިޖްގެ މަސައްކަތް ނިމެމުންދާއިރު ދެން ސަރުކާރުގެ އަމާޒަކީ ވިލިމާލެ ދެ ވަނަ ފިޔަވަހި ތަރައްޤީ ކުރުން ކަމަށެވެ. އެ ފިޔަވަހީގައި މާލެ އާއި ވިލިމާލާއި ތިލަފުށި އަދި ގުޅީފަޅުވެސް ގުޅާލެވިގެން ދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން މާލެ އާއި ވިލިމާލެ އަދި ވިލިމާލެއާއި ގުޅިފަޅުވެސް ބްރިޖަކުން ގުޅާލެވިގެން ދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ވިލިމާލެ ދެ ވަނަ ފިޔަވަހީގައި އެއް ލައްކަ އަށް ވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެން ދާނެ ކަމަށާއި އެއާއިއެކު ދެން ބޯހިހާވަހިކަމެއްނެތް ރައްޔިތަކުން ދެން ރާއްޖޭގައި ނުހުންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ވިލިމާލެ2 ސްޓެލްކޯ
ހިޔާލު

އަރިސް

ރައީސް ޔާމިން މިފަހަރު ކެމްޕޭން ވައުދުގައި 2035 ވަނަ އަހަރު ސުޕޭސުން ފުލެޓްއާއި ގޯތި ދޫކުރުމަށް މިހާރު ހުޅުވާލިޔަސް އެއީ އަޖައިބް ވާންޖެހޭ ވަރު ކަމެއްނޫނެވެ. ސަބަބަކީ ރައްޔިތުން ގުބޯ ހައްދައިގެން އުޅެވިދާނޭކަމަށް ހީކުރަނީ ވެރިކަމުގެ ދަހިވެތި ކަމުންނެވެ. 2013 ގައި ކުރި ވައުދުތަކުގެ ތެރެއިން ފުއްދާދީފައިވަނީ ކިތަށް ވައުދުތޯ ރައީސްއަށް ވެސް އެގިފައި ނުވާތީއެވެ. ވައުދު ތަކުގެ މަތީން މިހާރު ހަނދާން ވެސް ނެތުނީއެވެ.

އަޙުމަދު

އެތަކެއް 100 އަހަރު ވަންދެން މީހުން ދިރިއުޅެމުންދާ ރަށްރަށުގަ ކަރަންޓާއި ފެނާއި އެހެނިހެން ޚިދުމަތްތައް އެކަށީގެންވާ ފެންވަރެއްގައި ނުދެވެނީސް އިހަށް ދުވަހު ހިއްކި ބިމެއްގައި އަދި މީހުން ދިރިއުޅެން ވެސް ނުފެށޭ ތަނެއްގައި ބޮޑު ޚަރަދުކޮށްގެން ވަސީލަތްތައް ޤާއިމުކުރުމުގައި ޢަދުލުވެރިކަމެއް ނުވޭ. ޢަދުލުވެރި ގޮތަކީ ރައްޔިތުންނަށް ހަމަހަމަ އުޞޫލަކުން އެއް ފެންވަރެއްގެ ޚިދުމަތްދިނުން.