Dostana 2 Gai Jhanvi Aai Sidharth
image
ޖާންވީ ކަޕޫރާއި ސިދާތު މަލްހޯތުރާ
0 ކޮމެންޓް
 

ދޯސްތާނާ 2 ގައި ޖާންވީ އާއި ސިދާތު

ތަރުން މަންސަހާނީ ޑައިރެކްޓްކޮށް 2008 ވަނަ އަހަރު ނެރުނު ފިލްމު "ދޯސްތާނާ"ގެ ދެވަނަ ބައިން ފެނިގެންދާނީ މަޝްހޫރު ބަތަލު ސިދާތު މަލްހޯތުރާ އާއި ޖާންވީ ކަޕޫރުކަމަށް ހަބަރުތައް ބުނެފިއެވެ.
މިމަހުގެ ކުރީކޮޅު ދޯސްތާނާގެ ދެވަނަ ބައެއް ނެރެން ނިންމާފައިވާކަމަށް އަޑުތައް ފެތުރިގެންދިޔައިރު އެފިލްމުގެ ފުރަތަމަ ބައިން ފެނިފައިވަނީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ޖޯން އަބްރަހަމް އަދި އަބީޝެކް ބައްޗަނެވެ.

ފިލްމުގެ ދެވަނަ ބައިން ފެންނާނީ އެހެން ތަރިންތަކެއްކަމަށް އަޑުފެތުރެމުން އަންނަނިކޮށް އިންޑިއާގެ ނޫހެއްގައި ބުނެފައިވާ ގޮތުން އެފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ ދާދިފަހުން ބޮލީވުޑަށް ތައާރަފުވި ޖާންވީ އާއި ސްޓޫޑަންޓް އޮފް ދަ ޔިއާ އިން ބޮލީވުޑަށް ތައާރަފުވި ސިދާނެވެ.

އެގޮތުން މިހާރު އެދެމީހުން ނެގުމަށް ޕްރޮޑިއުސަރު ކަރަން ޖޯހަރު ނިންމާފައިވާއިރު ފިލްމަށް ނަގާ ދެވަނަ ލީޑު ބަތަލު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ފިލްމު ޑައިރެކްޓުކުރާނީ ވެސް ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓުކޮށްފައިވާ ތަރުން މަންސުހާނީ އެވެ.

ރޮމޭންޓިކް ކޮމެޑީ އެފިލްމަކީ 2008 ވަނަ އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރު ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ ފިލްމެކެވެ. އެފިލްމުގެ ދެވަނަ ބައެއް އުފައްދަން އުޅޭކަމަށް މީގެ އަހަރެއްހާދުވަސްކު ރިން އަޑުފެތުރުނު ނަމަވެސް ފިލްމުގެ މަސައްކަތް ފެށިފައިނުވަނީ ފިލްމުގެ ސްކްރިޕްޓް ނިމިފައިނުވާތީއެވެ. އެހެންނަމަވެސް ފިލްމުގެ ސްކްރިޕްޓް މިހާރު ވަނީ ނިމުމަކާއި ގާތްވެފައިކަމަށް ހަބަރުތައް ބުނެއެވެ.
ހިޔާލު