Hollywood Film eh ge Remake Amir Thayaaru Kuraneetha?
image
އާމިރް ހާން
0 ކޮމެންޓް
 

ހޮލީވުޑް ފިލްމެއްގެ ރީމޭކް އާމިރް ތައްޔާރުކުރަނީތަ؟

ހޮލީވުޑް ފިލްމެއްގެ ރީމޭކްއެއް ތައްޔާރުކުރުމުގެ މަސައްކަތް އާމިރް ޚާން ފަށައިފިކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެއީ ޕެރެމައުންޓް ޕިކްޗާސްއިން ޕްރޮޑިއުސްކުރި ފިލްމެކެވެ. އަދި ފިލްމު ތައްޔާރުކުރުމަށް ބޭނުންވާ ރައިޓްސް ގަތުމުގެ މަސައްކަތް އާމިރް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެެވެ.

އެ ފިލުމުގެ ނަން އަދި ހާމަކޮށްފައިނުވާއިރު، ފިލުމުގެ ނަން ހާމަކުރުމަށް ހަމަޖެހިފައިވަނީ ފިލުމުގެ ރައިޓްސް ގަތުމަށް ފަހުއެވެ.

އާމިރް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރާ އޭނާގެ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގައެވެ. އާމިރްއާއެކު އެ ފިލްމުގައި މުހިންމު ރޯލުތަކުން އަމީތާބް ބައްޗަން، ކެޓްރީނާ ކައިފް އަދި ފާތިމާ ސަނާ ޝެއިޚްވެސް ފެނިގެންދާނެއެވެ.
ހިޔާލު