Jabariya Jodi ge Furathama Dhe Poster Dhahkalaifi
image
"ޖަބަރިޔާ ޖޯޅީ"ގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

"ޖަބަރިޔާ ޖޯޑީ"ގެ ފުރަތަމަ ދެ ޕޯސްޓަރު ނެރެފި

އޭކްތާ ކަޕޫރު ޑައިރެކްޓުކުރާ ފިލްމު "ޖަބަރިޔާ ޖޯޑީ" ގެ ފުރަތަމަ ދެ ޕޯސްޓަރު ނެރެފިއެވެ.
ސިދާތް މަޅޯތުރާ އާއި ޕަރިނީތީ ޗޯޕްރާ "ޖަބަރިޔާ ޖޯޑީ"ގައި ލީޑު ރޯލުން ފެނިގެންދާއިރު އެދެތަރިން ވަނީ ޓުވިޓާ މެދުވެރިކޮށް އެއެފިލްމުގައި އެދެމީހުން ފެނިގެންދާނެ ގޮތުގެ ޕޯސްޓަރު ދައްކާލާފައެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައި ޕަރިނީތި ހިއްސާކޮށްފައިވާއިރު ޕަރިނީތި ވަނީ ފިލްމުގެ ޝޫޓިން ފަށާފައިވާކަން ވެސް ހާމަކޮށްފައެވެ. އެޕޯސްޓަރުން ފެނިގެންދަނީ ޕަރިނީތި އާއި ސިދާތު އެކަކު އަނެކަކު ލޮލަށް ގެއްލިފައިވާ ތަނެވެ. އަދި އެ ޕޯސްޓަރުގައި ދެމީހުންގެ މެދުގައިި ހޭނެތިފައިވާ ކައިވެނި ކުރަން އުޅޭ ފިރިހެންމީހެއް ފެނިގެންދެއެވެ.



ސިދާތު ހިއްސާކުރި ޕޯސްޓަރާއެކު އޭނާ ވަނީ ފިލްމުގައި ދެމީހުންނަށް ކިޔާ ނަން ވެސް ހާމކޮށްފައެވެ. އެގޮތުން ސިދާތަށް އެފިލްމުގައި ކިޔަނީ "އަބޭ" އެވެ. އަދި ޕަރިނީތި އަށްކިޔަނީ "ބަބްލީ" އެވެ.




އެފިލްމު ބިނާކޮށްފައިވަނީ ކައިވެނިކުރަން އުޅޭ ފިރިހެންމީހާ ކިޑްނެޕްކުރުމުގެ މައްޗަށެވެ. އަދި ގަދަކަމުން ކައިވެނި ކުރުމުގެ މައްޗަށެވެ. އެފިލްމުގެ ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައި ނުވެއެވެ. އަދި ފިލްމުގައި ފެނިގެންދާނެ އިތުރު ކާސްޓުންގެ ނަން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސިދާތާއި ޕަރިނީތީ ވަނީ މީގެ ކުރިން ފިލްމު "ހަސީތޯ ޕަސީ" ގައި މަސައްކަތް ކޮށްފައެވެ.
ހިޔާލު