Koffee With Karan Season 6 ge Haassa Episodehagai Suhana
image
ސުހާނާ ހާން--
0 ކޮމެންޓް
 

ކޮފީ ވިތް ކަރަން ސީޒަން 6 ގެ ހާއްސަ އެޕިސޯޑެއްގައި ސުހާނާ

މަޝްހޫރު ޓީވީ ޝޯ ކޮފީ ވިތް ކަރަންގެ ހަވަނަ ސީޒަންގެ ހާއްސަ އެޕިސޯޑެއްގައިި ބޮލީވުޑްގެ ކާމިޔާބު ބަތަލް ޝާހް ރުކް ހާންގެ އަންހެން ދަރި ސުހާނާ ހާން ފެނިގެންދާނެކަމަށް ކޮފީ ޓީމުގެ މެންބަރެއް ބުނެފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅާއި އެޝޯއަކީ ސްޓާ ވޯލްޑް އިން ދައްކަމުން އަންނަ މުނިފޫހިފިލުވުމުގެ ވާހަކަތައް ދައްކާ ޝޯއެކެވެ. އެގޮތުން އެ ޝޯގެ ހަވަނަ ސީޒަން މިހާރު ފެށުމަށް ހަމަޖެހިފައިވާއިރު ހަވަނަ ޝޯގެ ހާއްސަ އެޕިސޯޑެއްގައި ސުހާނާ ފެނިގެންދާނެކަމަށް ވަނީ އެޓީމުން ކަށަވަރުކޮށްދީފައެވެ.

އެގޮތުން އިންޑިއާގެ ނޫހަކަށް ކޮފީ ޓީމުގެ މެންބަރެއް މައުލޫމާތު ދެމުން ބުނީ ޝާހު ގެ އާއިލާ އާއި ކަރަން ޖޯހަރާ ހުރި ގުޅުން ގާތް ކަން އެއީ ސިއްރެއް ނޫންކަމަށެވެ. އަދި ޝަހު އާއި ގޯރީގެ ތިން ދަރިންނަކީ ވެސް ކަރަން ޖޯހަރާ ވަރަށް ގާތް ކުދިންކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިހާރު ޝާހުގެ އަންހެން ދަރި ސުހާނާ ބޮލީވުޑަށް ވަދުމަށް ނިންމާފައިވާކަމަށާއި ސުހާނާ ރަސްމީކޮށް ބެލުންތެރިންނަށް ތައާރަފް ކޮށްދޭނީ ކޮފީ ވިތް ކަރަންގެ ހާއްސަ އެޕިސޯޑަކުން ކަމަށް އެމީހާ ވަނީ ބުނެފައެވެ.

ސުހާނާ ފުރަތަމަ މަސައްކަތް ވޮގް މެގަޒިން ކަވާ އިން ފެނިގެންދިޔައިރު އެއީ އޭނާ އެފަދަ މަސައްކަތެއް ކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގު ސުހާނާގެ ހުރިއިރު އޭނާ އަންނަނީ ސުކޫލު ދައުރުން ފެށިގެން އޭނާގެ އެކްޓުކުރުމުގެ ހުނަރު ދައްކުވައިދިނުމަށް ޑްރާމާ މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. އެހެން ނަމަވެސް ފިލްމީ ދާއިރާއަށް ސުހާނާ ނެރުމަށް އެހީތެރިވެދޭނީ އޭނާގެ ތައުލީމީ ހަޔާތް ނިމުމުންކަމަށް އޭނާގެ ބައްޕަ ޝާހު ބުނާއިރު ސުހާނާގެ ކިޔެވުން ނިމޭކަށް މިހާރު މާގިނަ ދުވަހެއް ނެތެވެ.

ސުހާނާ ބޮލީވުޑަށް ނެރޭނެ ބޮޑު ޑައިރެކްޓަރަކު ހޯދުމަށް ޝާހު މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ހިޔާލު