Thinadhoo islaami marukazu sarahahdhugai siyaasi hakaraatheh nuhingan: Shaheem
image
ތިނަދޫ އިސްލާމީ މަރުކަޒު ސިޑިމަތީ ސިޔާސީ ހަރަކާތް ހިންގަނީ: ފައިލް ފޮޓޯ
1 ކޮމެންޓް
 

ތިނަދޫ އިސްލާމީ މަރުކަޒު ސަރަހައްދުގައި ސިޔާސީ ހަރަކާތެއް ނުހިންގަން: ޝަހީމް

ތިނަދޫ އިސްލާމީ މަރުކަޒު ސަރަހައްދުގައި ސިޔާސީ ހަރަކާތެއް ހިންގާފައި ނުވާނެކަމަށާއި މިސްކިތެއްގެ ހުރުމަތްވެސް ކަނޑާފައި ނުވާނެކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ގދ އަތޮޅަށާއި ފުވައްމުލަކު ސިޓީއަށް ކުރެއްވި ސިޔާސީ ކެމްޕޭން ދަތުރުފުޅަށްފަހު މިއަދު މޭލެވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ތިނަދޫ އިސްލާމީ މަރުކަޒުގައި ސިޔާސީ ހަރަކާތެއް ހިންގާފައި ނުވާނެ ކަމުގައެވެ.

ޝަހީމް ވިދާޅުވީ އެބޭފުޅުންނަކީ މިސްކިތެއްގެ ހުރުމަތްކަނޑާނެ ބޭފުޅުންނޫންކަމަށާއި އެފަދަކަމެއް ކޮށްފައިވެސް ނުވާނެ ކަމުގައެވެ.

ޝަހީމް މިހެން ވިދާޅުވި ނަމަވެސް ޕީޕީއެމްގެ ދެ ޖިންސްގެ ސަޕޯޓަރުންނާއިއެކު މަސްހުނިވެ ޕީޕީއެމް ދިދަ ހިފައިގެން ޝަހީމް އިސްވެ ހުންނަވާ ތިނަދޫ އިސްލާމީ މަރުކަޒުގެ ސިޑިމަތީ މަގާފައިވާ ފޮޓޯތައް ޝަހީމްގެ ރަސްމީ ޓްވިޓަރ އެކައުންޓްގެ އިތުރުން ޕީޕީއެމްގެ އިސް އެކްޓިވިސްޓުންވެސްވަނީ އާއްމުކޮށްފައެވެ.

ފޮޓޯ ތަކުން ފެންނަ ގޮތުގައި ރައީސް ޔާމީނަށް ތާއީދު ހޯދުމަށް ބޭނުންކުރާ ދިދަ ތަކާއި ޕީޕީޢެމްގެ ދިދަ ބޭނުންކޮށްފައި ވެއެވެ. އަދި ބައެއް މީހުން އެތަނަށް އަރާތިބީ ފައިވާނާއި ބޫޓާއިވެސް އެކުގައިކަން ފާހަގަ ކުރެވެއެވެ،.

މީގެ އިތުރުން އެސަރަހައްދުގައި ހުންނަވާ ޝަހީމްވަނީ ތިނަދޫ ރައްޔިތުންނަށް އެންމެބޮޑު ތަރައްގީއެއް ނެގެސްދެއްވީ ރައީސް ޔާމީންކަމަށާޢި ތިނަދޫ އިސްލާމީ މަރުކަޒަކީ ދެކުނުގެ ހަތަރު އަތޮޅަށް އެކަމުގެ ފައިދާވާނެ ތަނެއްކަމަށް ވިދާޅުވެފައެވެ. އަދި ތިނަދޫ އެންމެން ރައީސް ޔާމީނަށް ވޯޓް ދިނުމަށް ޝަހީމް ގޮވާލެއްވިއެވެ.
ހިޔާލު

ސިޔާސީ

އެހެންވީމާ ފޮޓޯއިން އެފެންނަ މަންޒަރަކީ ނުވަތަ ޝަހީމު ހުންނަވައިގެން އެފެންނަ މަންޒަރަކީ ބަރަކާތްތެރި ހައްޖުމަހު ކުރާ އަޅުކަމެއްބާ؟ ފަހަރެއްގަ ވެދާނެ ޝަހީމުގެ ދީނީޢިލްމުން ކުރެވޭ އަޅުކަމަށްވެސް ބޯގަޅިވިޔަސް ތިވަރު ފުކެއްބޮޑު