Feydhoo MDP jagaha ah kalhutheyojahaa gellun dheefi
image
ށ ފޭދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮޖަހާފައި
1 ކޮމެންޓް
 

ފޭދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮޖަހާ ގެއްލުން ދީފި

ށ ފޭދޫގައި ހުންނަ އެމްޑީޕީ ޖަގަހަޔަށް ކަޅުތެޔޮޖަހާ ގެއްލުން ދީފިއެވެ. Dhiraagu
އެމްޑީޕީންބުނީ ފޭދޫ ޖަގަހަޔަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ވަގުތެއްގައި ކަމުގައެވެ. ނަމަވެސް އިތުރު ތަފްސީލެއް އެޕާޓީން ނުދެއެވެ.

ރިޔާސީ ކެމްޕެއިން ފޯރި ގަދަވެފައިވާއިރު މާލޭގައި ހުންނަ އެމްޑީޕީ ހަރުގެއާއި އޮފީހަށްވެސް ކަޅުތެޔޮޖަހާ އެއްތައް ފަހަރަކުވަނީ ގެއްލުން ދީފައެވެ. އަދި ދާދިފަހުން ހުޅުމާލޭގައި ހުންނަ އެމްޑީޕީ ހަރުގެއަށް ދުވާލުގެ ވަގުތުގައި ކަޅުތެޔޮޖަނާ ގެއްލުންތަކެއް ދީފައިވެއެވެ.

މީގެ އިތުރުން މިމަހުގެ ތެރޭގައި އައްޑޫ މަރަދޫ އެމްޑީޕީ ޖަގަހައަށް ގުރޫޕަކުންވަދެ ހަމަލާތީ ބައެއް މީހުން ޒަހަމްކޮށްލާ އެތާންގައިހުރި ބައެއް ތަކެއްޗަށްވަނީ ގެއްލުން ދީފައެވެ. ނަމަވެސް މިއިން އެއްވެސް ހާދިސާއަކާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އިދިކޮޅު ޖަގަހަތަކަށް ހަމަލާދެމުން ގެންދާއިރު ދޭތެރެ ދޭތެރެއިން ޕީޕީއެމްގެ ޖަގަހަތަކަށް އަންނަނީ ކަޅުތެޔޮޖަހާ ގެއްލުންދެމުންނެވެ. ރޭވަނީ ގައްދޫގައި ހުރި ބޭނުންނުކުރާ މަރިޔާދު ގެއެއްގައި ރޯވެ އަނދާ ހުލިވެފައެވެ.

މިމަހުގެ އަށް ވަނަ ދުވަހު ރައީސް ޔާމީން ގައްދޫއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން މަރުހަބާ ދެންނެވުމަށް ހެދި މަރިޔާދުގެ ރޫޅާނުލަނީސް އެތާންގައި ރޯވި މައްސަލާގައި ކުޑައިރުކޮޅެއްގެ ތެރޭގައި ގައްދޫންވަނީ 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.
ހިޔާލު

އަޙުމަދު

ޞުލްހަވެރި ސިޔާސީ ވާދަވެރިކަމަކީ އިސްލާމް ދީން އައްޑަނައެއް ފަދައިން ކުރިމައްޗަށް ނެރެގެން އުޅޭ ބަޔަކަށް ދަތިކަމަކަށް ވެފައިވާ ކަމެއް ކަން މިދަނި ތަޖުރިބާކުރެވެމުން. އެހެންކަމުން، ތަހުޒީބުގެ އުޞޫލުން އިންތިޚާބަށް ނުފޫޒު ނުފޯރުވައި ވާދަކޮށްގެން ކުރިހޯދުމަކީ ވެރިކަމުގައި ހުރި ޔާމީނަށް ކުރަން ކެރޭނެ ކަމެއް ކަމަކަށް ނުފެނޭ.