Fridge inn Nubaivas Kanduvaalevidhaane Goithah
image
3 ކޮމެންޓް
 

ފުރިޖުން ނުބައިވަސް ކަނޑުވާލެވިދާނެ ގޮތްތައް

އައިސްއަލަމާރީގެ ދޮރު ހުޅުވާލުމާއެކު ދުވާ ނުބައި ވަހުން އުނދަގޫވޭ ހެއްޔެވެ؟ އެކަން ހައްލުކޮށްލެވިދާނެއެވެ.
ފްރިޖުން ކަރަންޓު ކަނޑާލާށެވެ. އެއަށްފަހު ފްރިޖް ސާފުކުރުމުގެ މަސައްކަތް ފަށާށެވެ.

ފްރިޖް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ފްރިޖުގައި ހުރި، ހުރިހާ އެއްޗެއް ނަގާށެވެ. ބޭނުންވާ ތަކެއްޗާއި ބޭނުންނުވާ ތަކެތި ވަކިކޮށްލާށެވެ. މުއްދަތު ހަމަވެފައިވާ ކާނާ އާއި ބުއިންތައް އުކާލާށެވެ. މަތި ނުޖެހި ހުރި އެއްޗެހިވެސް އުކާލާށެވެ.

ހުރިހާ އެއްޗެއް ނެގުމަށްފަހު ރަނގަޅަށް ފްރިޖް ސާފުކޮށްލާށެވެ. ސްޕޮންޖް އާއި ސައިބޯނި ފެން ބޭނުންކޮށްގެން ފްރިޖް ސާފުކޮށްލާށެވެ. ފްރިޖްގެ ވަތްގަނޑުތަކާޢި ޓްރޭތައްވެސް ރަނގަޅަށް ސާފުކޮށްލާށެވެ.

ފްރިޖްގެ ބިތްދޮށުގައި ފެން ކަލެކްޓް ކުރުމަށް ހުންނަ ބާސްކެޓް ނަގާށެވެ. އޭގައި ފެން ހުރި ނަމަ އެ ފެންތައް އުކާލުމަށްފަހު އެ ބާސްކެޓްވެސް ރަނގަޅަށް ސާފުކޮށްލާށެވެ.

އަލުން ފްރިޖަށް ކަރަންޓު ދީ ފްރިޖް ފިނިވުމުން، ބޭނުންވާ އެއްޗެހި ފްރިޖަށް އަޅައި ތަރުތީބުކޮށްލާށެވެ.
ހިޔާލު

ކިޔާ ހުވާ

ކަންނެތް ކަމުން ސާފުކުރަން މަސައްކަތަށް..

ހަޅު

ޝުކުރިއްޔާ ތިވަރުބުނެިތީ

ނިކަމެތިއަޅާ

ތިކަން އެނގޭ އެންމެނަށް. ދޮވެތާހިރުކުރީމަ ވަސްނުދުވާނެކަން