Dhaulaiyy hngeynee athugai hurihaa baaruthakeh ovegen: Raees
image
ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ
16 ކޮމެންޓް
 

ދައުލަތް ހިންގައިދެވޭނީ އަތުގައި ހުރިހާ ބާރެއް އޮވެގެން: ރައީސް

ދައުލަތް ހިންގައިދެވޭނީ ދައުލަތް ހިންގަން ރައްޔިތުން އިންތިޚާބުކުރާ މީހާގެ އަތުގައި ހުރިހައި ބާރުތަކެއް އޮވެ، ޤާނޫނީ ސަރުކާރެއް ދަމަހައްޓައި، ޤާނޫނީ އިމުގެ ތެރެއިން އިސްލާމީ އުޞޫލުތައް ދަމަހައްޓައި، އިންސާފް ޤާއިމުކުރާ މީހަކަށް ކަމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހދ ނޮޅިވަރަމްފަރު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ވެރިކަމަށް އިންތިހާބުކުރާ މީހަކީ ސިޔާސީ ގިނަ ބައެއްގެ ބަސް އަޑުއަހައިގެން ވެރިކަން ކުރަންޖެހޭ ފަރާތެއްނަމަ ވެރިކަމެއް ނުކުރެވޭނެ ކަމުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި މިހާރު އޮތީ ބަރުކަމާނީ ނިޒާމަކަށް ގައުމު ބަދަލުކުރާ ވާހަކަ ކަމަށާއި އެއީ ގާނޫނު އަސާސީއާއި މުޅިން ހިލާފުކަމެއް ކަމުގައެވެ. އަދި އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތް ހިންގައި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދީ ޖަވާބުދާރީވުމަށް ދައުލަތެއް ހިންގުމާ ހަވާލުވެ ހުންނަ މީހަކަށް ނުފޫޒު ފޯރުވާނެ ނުވަތަ ބަސްކިޔާ އެތައް ބަޔަކު ތިބޭނަމަ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތުގައި ދައުލަތް ހިންގައި ނުދެވޭނެ ކަމުގައެވެ.

މީގެ އިތުރުން ސިޔާސީގޮތުން ފިކުރު ތަފާތުވިނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި، ރައްޔިތުންނަށް ބޭނުންވާ ކުރިއެރުން ގެނެސްދިނުމައްޓަކައި ކުރާ ކަންކަމުގައި ސިޔާސީ ފިކުރު އެއްފަރާތް ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު

ލަދު

ރައީސަކު ހޮވުމަށް ރައްޔިތުންދޭ ވޯޓްގެ ސޯޝިއަލް ކޮންޓެކްޓަކީ ޤާނޫނުއަސާސީ ޔާއި އެއްގޮތަށް ވެރިކަން ކޮށްދިނުމަށް ވެވޭ ކޮންޓެކުޓް ބައިތުލްމާލުން އަދި އެއްފަހަރު އެތިކޮޅެއް ނަގަން ދެވޭ ވޯޓެއްނޫން !

ކަސް

މިހާރުވެސް ތިއަ ވާހަކަ ދައްކަވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި، އިސްލަމީ އުޞޫލްތަކައި ހަމަތަކާއި، ޚިލާފު ވާހަކަ، ދެން ކިހިނެއްތޯ މިރައީސަށް ރަނގަޅަށް ކަމެއް ކުރެވޭނީ. މި ސަބަބުތަކަށްޓަކާ ރައްޔިތުން މިތިބީ 23 ސެޕްޓެމްބަރުގައި ވޯޓުން މި ނާތަހުޒީބު އަނިޔާވެރި ވެރިކަން ނިންމަން ކެއް މަދުވެފަ، މީހަކު ފިއްކަނޑައިގެން ދަވަރުގެ ތަފާތުބޮޑު އަދަދަކުން ވޯޓުން މިރައީސް ބަލިވެ ސައިޒުވެގެން ދާނެ އިންޝާﷲ

ޙައްވަ

ބަލަ ތިޔަ ދަޢުވާ ކުރަނީ ކަލަކަށް ވާންތަ؟

ޣާނިމް

وَشَاوِرْهُمْ فِي الْأَمْرِ
އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ!

وَأَمْرُهُمْ شُورَىٰ بَيْنَهُمْ
އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ مشورة ގެ މަތިންނެވެ.

ރައިވަރު

ހުރިހާބާރެއްގަދަބާރުންހޯދައިގެން ކުރާނީ ރަސްކަން ދެންވައްކަން ، އެފަދަވެރިންނަށް ޝައިނީކިއަނީ ގައްދާރުންނޭ ، އެފަދަވެރިންނަކީ ކިބުރުވެރިން، މަކަރުވެރިން، ހަސަދަވެރިން،

އަހުމަދު

ވެރިކަން ކުރެވޭނީ ހުރިހާބަރަކާއި ބައިތުލްމާލަށްލިބޭ ހުރިހާފައިސާއެއްެސް ދީގެން.ކަމަށްވަންޏާ ކޮންމެހެން ވެރިކަންނުކޮށދިނަސް އެންމެރަގަޅު.
....މުސާރައިން ނުފުދެންޏާ ދުރަށްވަޑައިގަންނވާ.

ހިންގާ

ދައުލަތް ހިންގާ އެހެންގައުމްތަކުގަވެސް އެކަމު ތިފާޑަކަށް ނޫން ހުރިހާ ބާރެއް އެއްކޮށްގެން ތިބޭފުޅާ ތިކުރަނީ ވައްކަން އަދި އެކަންކަން ބެލާތަހްގީގުކުރުމަށް އަޅަނީ ހުރަސް

ފުވައްމުލަކު ސިޓީއުރަ

ވެރިއަކަށް ފަސްއަހަރު ، ވަގަކަށް ހާސްއަހަރު .. ދެންކިއަންވީ ހުރިހާބާރު ގަދަބާރު ޖައްބާރު ... މަނިކުފާނުބޭނުންނުކުރައްވަނީ ކޮންބާރެއްތޯ ؟

ބިރުބޮޑުކުޑޭ

ތިއިންހާމަވިގޮތުގާ ރައީސް ނަޝީދު ދައުލަތުގެހުރިހާބާރުތައް ގާނޫނާޚިލާފަށް ބޭނުންނުންނުކުރީމަތާ އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވީ .. ކޮބައިތޯ މަނިކުފާނުވެސްހިމެނިވަޑައިގެން ފާސްކުރިގާނޫނުއަސާސީ ؟ އެގާނޫނު އަންދާގާނޫނަށްހައްދަވައިގެން މިހާރުބޭނުންތިވަނީ ކޮމިއުނުސްޓުވެރިކަމެއްކުރަން .. ނަމޫނާއަކަށް ޗައިނާބައްލަވައިގެން ..

މަރުޒޫގު

ހެޓިލަރުވެސް ތިޔަގޮތަށްހީކުރި އަދި ދައުލަތްވެސްހިންގި .. އަދި މިހާރުވެސް އުތުރުކޮރެއާ ސަރުކާރުއެހިންގަނީ ސީދާ ތިފަދަ ޚުދުމުޚުތާރު ވިސްނުމުގަ .. ލައިފްޖެކެޓުއަޅުއްވައިގެން ރަނގަޅަށްބެލްޓުއަޅުއްވައިގެންތިއްބަވާ .. މިއުޅެނީއޮޑިފެތެން ..

ރާފަޅާ

ދައުލަތް ހިންގުމުގެ 3 ބާރު ވަކިވެފައި އޮންނާނެ ކަމަށް ކަލެއަށް ގަބޫލުނުކުރެވިގެން ނުފޫޒު ފޯރުވާކަން އަމިއްލައަށް އިއުތިރާފް ތިޔަވެވުނީ

ރާފަޅާ

ހުރިހާބާރެއް މިލްކުވެވޮޑިގެންވަނީ الله އަށް. އެކަން ނުދަންނަހެން ހީވަނީ

ކަލް ދޯ ބަޖޭ

ބަލަ ކޯޓުން ކުރާ ހުކުމަށް އުމަރުގެ ފާނުވެސް ތަބާވި އެއީ އަދުލުވެރި ރިޔާސީ ނިޒާމުގެ ނަމޫނާ !

ލަކޫ

ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމަކީ އޭގެ ޒާތުގައި ރަގަޅުގޮތުގައި ހިންގޭނަމަ ރަގަޅު ނިޒާމް އިންސާނުން ގޯސްކުރަނީ ކޮންމެ ނިޒާމެއްވެސް ރައީސަކަށްވެސް ހުރިހާ ބާރެއް އޮންނާކަށް ނުޖެހޭ ޝަރުއީ ކޯޓުން ކުރާ ހުކުމަށް ތަބާވާން ރައީސަށްވެސް ޖެހޭނެ އެއީ ރިޔަސީ އަދި ބަރުލަމާނީ ނިޒާމަކީވެސް !

ހުވަދޫ

ވެރިއަކަށް ހުންނަމީހަކަށް ހުރިހާ ބާރެއްވެސް އޮންނަންޖެހެއވެ
އެހެންނޫންނަމަ ވާނީ މޮހޮނަށް އޮޑިދިނުމުން ވާގޮތެވެ އެމްޑީޕީ
އަކީ ރާއްޖޭގެ ވެރިކަމަށް ކުފޫ ހަމަވާ، ގާބިލްޕާޓީއެއްނޫނެވެ
އެކަން ވަނީ މާޒީން ރައްޔިތުންނަށް ޔަގީންވެފައެވެ

އަޙުމަދު

ހެހެ! މިހާރު ކާކަށް ފިލާވަޅު ނަގައިދޭން މިއުޅެނީ؟ ހުރިހާ ބާރެއް ލިބުނީމަ ވޭތުވެދާ 5 އަހަރު ދައުލަތް ހިންގި ގޮތުން ރައްޔިތުން ދެވަނަ ދައުރެއް ދޭން ބޭނުން ނޫން ކަން ވެސް މިހާރު އިޙުސާސުކުރެވެޔޭ ގިނަ ބަޔަކު ބުނޭ.