Smartphone aai Tablet Beynun Kuraa Kudhinge Nidhumah Asaru Kurey
image
0 ކޮމެންޓް
 

ސްމާޓް ފޯނާއި ޓެބްލެޓް ބޭނުންކުރާ ކުދިންގެ ނިދުމަށް އަސަރު ކުރޭ

ޓެބްލެޓާއި ސްމާޓް ފޯނު ފަދަ ޓަޗްސްކްރީން ހުންނަ އިކުއިކްމެންޓްތަކާ ގުޅޭ ކުޑަކުދިންގެ ނިދުމަށް ނޭދެވޭ އަސަރު ކުރާކަން ހާމަވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ޔުނިވާސިޓިއަކުން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ޓަޗް ސްކްރީން ހުންނަ އިކުއިކްމެންޓްތަކާއި ކުޑަކުދިން ކުޅޭ ނިސްބަތުން އެ ކުދިންގެ ނިދުމަށް ނޭދެވޭ އަސަރު ކުރެއެވެ. އެގޮތުން ޓެބްލެޓް އާއި ސްމާޓް ފޯނާއި ކުޅޭ ކުދިންނަށް ނިދޭ މިންވަރު މަދު ކަމަށް ދިރާސާއިން ވަނީ ހާމަވެފައެވެ.

ދިރާސާކުރުމުގެ ގޮތުން އެ ޔުނިވާސިޓީން ވަނީ އުމުރުން ހަތަރު އަހަރުން ކުދިން ތިބޭ 700 އަށްވުރެ ގިނަ ބެލެނިވެރިންނާ ސުވާލުކޮށްފައެވެ. އެ ގޮތުން ކުދިންގެ ނިދުމުގެ އުސޫލުތައް ހުންނަ ގޮތާއި ފޯނާއި ޓެބްލެޓް ބޭނުންކުރާ މިންވަރާއި ބެހޭ ގޮތުން ވަނީ ސުވާލުކޮށް ދިރާސާކޮށްފައެވެ.

ސްމާޓް ފޯނު ފަދަ ތަކެތި ބޭނުންކުރާ ކުދިންނަށް ނިދޭ މިންވަރު މަދުކަން ހާމަވުމުން، ކުދިންނަށް އެފަދަ ތަކެތި ބޭނުންކުރަން ދޭ ވަގުތު މަދުކުރުމަށް ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެދިފައެވެ.
ހިޔާލު