Mifaharu Dr shaheem ah rahdhu dhevee Shaikh Iliyas
image
ޝައިޚް އިލިޔާސް ހުސައިން: ފައިލް ފޮޓޯ
2 ކޮމެންޓް
 

މިފަހަރު ޑރ ޝަހީމަށް ރައްދު ދެއްވީ ޝައިޚް އިލިޔާސް

ދީނީ ފަތުވާއެއް ދީގެން މިސަރުކާރު އެއްވެސް ދީނީ ޢިލްމުވެރިއަކަށް ގޯނާއެއް ކޮށްފައި ނުވާކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވި ވިދާޅުވުމަށް ޝައިޚް އިލިޔާސް ހުސައިން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ލ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ޝަހީމް ވިދާޅުވީ ދީނީ ފަތުވާއެއް ދީގެން މިސަރުކާރުން އެއްވެސް ޢިލްމުވެރިއަކަށް ގޯނާއެއް ނުކުރާކަމަށާއި ދީނީ ޢިލްމުވެރިންނަށް މިނިވަންކަން ހޯދައިދިނީ މިސަރުކާރުން ކަމުގައެވެ.

ޑރ ޝަހީމަށް ރައްދުދެއްވާ ޝައިޚް އިލިޔާސް މިރޭ ކުރެއްވި ޓްވިޓްގައި 2016 ވަނަ އަހަރު ޝައިޚް އިލިޔާސްގެ ދީނީ ފަތުވާ ދިނުމުގެ ހުއްދަ ބާތިލްކުރި ލިއުންވެސް ހިއްސާކުރައްވާފައި ވެއެވެ.
އެފަހަރު ޝައިޚް އިލިޔާސްގެ ދީނީ ފަތުވާ ދިނުމުގެ ހުއްދަ ބާތިލްކުރީ ހުކުރު ހުތުބާއެއްގައި ވައްކަމާއި ގުޅޭގޮތުން ދެއްކި ވާހަކަޔަކާއި ގުޅިގެންނެވެ.

މީގެ އިތުރުންވެސް އިސްލާމިކް މިނިސްޓްރީ ހުއްދަ ނުދީގެން ބައެއް ރަށްރަށުގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމަށް ޝައިހް އިލިޔާސްއަށް ވަނީ ދަތުތަކާއި ކުރިމަތިވެފައެވެ.

ޝައިޚް އިލިޔާސްގެ އިތުރުންވެސް ބައެއް އިލްމުވެރިންގެ ހުއްދަތައް މިސަރުކާރުން މީގެ ކުރިންވަނީ ބާތިލްކޮށްފައެވެ.
ހިޔާލު

މަލަކުރި

ތެދު ވާހަކައަށް ވުރެ ދޮގު ވާހަކަ އަޑުކިޔާލެއް ގަދަވާނެ އެކަަމަކު މިގައުމާއި އަދި މިގައުމުގެ ވަސީލަތްތަކާއި ފުރުޞަތު ތައް ސަލާމަތްކޮށް އެންމެން ޝާމިލްވެވޭ ގޮތަށް އޮންނަ ގައުމަކަށް މި ގައުމު ވުމަށް މަގު ކޮށަން އެބަޖެހޭ

ފެންްނަ ކަންކަން

ކީއްވެގެންބާ އަންނިމެން ހިންގާ ހޮވާލާ ނުބައި ކަންކަމަށް އެއްޗެއް ނުބުނަނީ. މިހާރުވެސް އެއޮތީ ރާއްޖެ ހިފަން ގޮވާލާފަ.