Sidharth Huri Huskoh Kamah Eyna Bunefi
image
ސިދާތް މަލްހޯތްރާ--
0 ކޮމެންޓް
 

ސިދާތް ހުރީ ހުސްކޮށް

ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދަ ޔިއާ އިން ބޮލީވުޑަށް ތައާރަފުވި ސިދާތް މަލްހޯތްރާ މިހާރު ހުރީ ހުސްކޮށް ކަމަށް އޭނާ ބުނެފިއެވެ.
ގިނަ ފިލްމުތަކެއްގައި ސިދާތު މަސައްކަތް ކޮށްފައިވާއިރު ގިނަ ބަޔަކަށް ވަނީ އޭނާގެ އެކްޓު ކުރުމުގެ ހުނަރު ކަމުގޮސްފައެވެ. ސިދާތާ ބެހޭގޮތުން އެންމެ ފަހުން އިވުނު ވާހަކައަކީ އޭނާ ބޮލީވުޑްގެ ބަތަލާ ކިއާރާ އަދްވާނީ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކައެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށް އޭނާ ހުރީ ހުސްކޮށް ކަމަށް ބުނެފައެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސިދާތު ބުނީ އޭނާ ހުސް ކަމަށާއި އޭނާ މިހާރު ލޯބީގެ ގޮތުން ގުޅޭނެ ބައިވެރިއެއް ހޯދަމުން ނުދާ ކަމަށެވެ. އަދި އޭނާ މުމްބައީ އަށް އައީ ހުވަފެނަކާ އެކީ ކަމަށާއި އޭނާގެ އެ ހުވަފެން ސީދާ ކުރުމަށް އަދި ގިނަ ކަންތައްތައް ކުރަން ޖެހޭނެ ކަމަށެވެ. އަދި އޭނާ ބެނުންވަނީ އެކަންތައްތައް ކުރަން ކަމަށް އޭނާ ވަނީ ބުނެފައިވެއެވެ.

ސިދާތު ދަނީ މިއަހަރު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ މިހާރު ދަނީ އޭނާ ގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ "ޖަބަރިޔާ ޖޯޅީ" ގައި މަސައްކަތް ކުރަމުންނެވެ.
ސިދާތް މަލްހޯތްރާ
ހިޔާލު