Bharat Gai Salman Aai Katrina Fennaane Gothuge Photo eh Dhahkaalaifi
image
ސަލްމާން ހާނާއި ކެޓްރީނާ ކައިފް--
0 ކޮމެންޓް
 

ބާރަތުގައި ސަލްމާނާއި ކެޓްރީނާ ފެންނާނެ ގޮތުގެ ފޮޓޯއެއް ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަލްމާން ހާނާއި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާރަތު" ގައި ސަލްމާން އާއި ކެޓްރީނާ ފެންނާނެ ގޮތުގެ ފޮޓޯއެއް އާއްމުކޮށްފިއެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރުމަށް ތައްޔާރުވަމުން އަންނަ ފިލްމު ބާރަތުގެ ޝޫޓިންތައް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 22 ގައެވެ. ބާރަތުގައި މަސައްކަތް ކުރަން ނިންމާ އެންމެ ފަހު ވަގުތު ޕްރިޔަންކާ ޗޯޕްރާ އެފިލްމުގައި މަސައްކަތް ނުކުރާން ނިންމުމުން އެފިލްމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ ކެޓްރީނާއަށެވެ.

ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިންތައް ނިންމާ ދެވަނަ ޝެޑިއުލުގެ ޝޫޓިން މިހާރު ކުރިއަށްދަނީ ޔޫރަޕުގެ މޯލްޓާގައެވެ. އެގޮތުން މޯލްޓާގައި ޝޫޓިންތައް ކުރިއަށް ދަނިކޮށް ސަލްމާން ހާނު ވަނީ ރޭގެ ވަގުތެއްގައި އޭނާއާއި ކެޓްރީނާގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. ބެލެވޭ ގޮތުގައި އެފޮޓޯ ނަގާފައިވަނީ އެފިލްމުގެ ލަވައަކަށް ޝޫޓުކުރުމުގެ ތެރެއިންނެވެ. އެފިލްމުގައި ސަލްމާން ތަފާތު ފަސް ގޮތަކަށް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ.

ބާރަތުގައި ސަލްމާނާއި ކެޓްރީނާ ފެނިގެންދާ ގޮތުގެ ފުރަތަމަ ފޮޓޯ--

ބާރަތަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ" ގެ މައްޗަށް ހަދާ ފިލުމެކެވެ. ލީޑުން ސަލްމާން ހާން ފެނިގެންދާ އެފިލްމުގައި ތަބައްސުމް ފާތިމާ ހާޝިމީ (ތައްބޫ) އަދި ޓީވީ އެކްޓަރު އާސިފް ވެސް ފެނިގެންދާނެއެވެ. އަދި ދިޝާ އާއި ސުނިލް ގްރޮވާގެ އިތުރުން ނޯރާ ފަތޭހީ ވެސް އެފިލްމުގައި މަސައްކަތް ކުރާނެއެވެ.
ހިޔާލު