Male' Ge Maguthah Amaan Vejje : Abduhraheem
image
އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ޕީއެސްއެމް
5 ކޮމެންޓް
 

މާލޭގެ މަގުތައް އަމާންވެއްޖެ: އަބްދުއްރަހީމް

ކުރިއާ ހިލާފަށް މިހާރު މާލެއަކީ އަމާންތަނެއް ކަމަށާއި ދަންވަރު ބޭރުގައި އުޅުނަސް ހަމަލާއެއް ނާންނާނެހާ އަމާންތަނަކަށް މާލެ ވެއްޖެކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ކޮޅުމަޑުލު ގުރައިދޫއަށް ކުރެއްވި ޒިޔާރަތުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިންތިޒާމްކޮށްގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއިން ވެރިކަން ދޫކޮށްލިއިރު މީހުން ދިރިއުޅެން މާލެއަށްވުރެ ވަކި ނުރައްކާތެރިތަނެއް ނެތް ކަމަށެވެ.

"ރޭގަނޑެއްގަ އަންހެން ބޭފުޅަކަށް ދަބަހެއް ހިފައިގެން މަގުމަތީގަ ހިނގާލާފަދާކަށް ނުކެރޭ. ކަޓަރު އަޅާނެ، ދަބަސް އަތުލާނެ، އެނޫން ކަންތައް ކުރާނެ. ރާއްޖޭގެ ރަށްރަށުގަ ހުރީ އެހާލަތުގަ. މާލޭގަ ތިބެފަ ރާއްޖެތެރޭ ރަށްރަށަށް އައިސް އަރާމުގަ ބަނދަރުމަތީގަ ޖޯލި ބަހައްޓާލައިގެން ނިދާލާފަ ތިބޭ މީހުންގެ ފައި ބުރިކޮށްލައިގެން ގޮސް އެބަހުރި. މިއީ އަޅުގަނޑުމެން ތަޖުރިބާކޮށްފަ ހުރި ކަންކަން، އިގްތިސާދީ ކަންތައްތައް އެއްފަރާތުގަ ބާއްވާފަ މިއަދު ތިބޭފުޅުން މާލޭގެ މަގުމައްޗަށް ނުކުމެވަޑައިގެން ރޭގަނޑު މެންދަމުން އަލިވެ އެކެއްޖަހާއިރު ވަޑައިގަންނަވާ މަގުމަތީގަ މިވިދާޅުވިކަމެއް ތަޖުރިބާކުރެވޭތޯ. ނުކުރެވޭނެ." އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް އިން އިންތިޒާމުކޮށްގެން ބޭއްވި އެޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ ކުލަ އެޕާޓީ ނޫން އެހެން އެއްވެސް ބަޔަކަށް ބޭނުންކުރުމުގެ ހައްގު ނުލިބޭނެ ކަމަށެވެ. އަދި އެކުލަ ބޭނުން ކުރާނަމަ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ވެސް އެޕާޓީ އިން ފަސްނުޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުލައިގެ މެނިފެސްޓޯއެއް ވެސް ނުނެރެވޭނެ، އަދި ދިދައެއްވެސް ނުޖެހޭނެ، އާރުއެމް ކިޔައިގެން ނޫނީ އެމްއާރުއެމް ކިޔައިގެން ފާޑުފާޑުގެ ޖަމާއަތްތައް ހަދައިގެން އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަށް ދަތިކުރުމުގެ ނުވަތަ ރިޔާސީ ކެންޑިޑޭޓުގެ ހައްގުތަކަށް އަރައިގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަނިއްޔާ އެބަޔަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅެއް އެޅުމުގަ ޕީޕީއެމް ފަސްނުޖެހޭނެ ވާހަކަ ވަރަށް ސާފު އިބާރާތުން ދަންނަވާލަން ބޭނުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ހިޔާލު

އެޑަމް

އަމާންކަމންދޯ ކޯރާޑި ހިފައިގެން ޒުވާނުން އެދުވަނީ މަގުމަތީގަ

ފުތާ

އަމާނެއްނުވޭ އަދުރޭ ދެން ފިޔަވެއްޓޭން ކާރިވީމަ ޒާތްޒާތު އަޑު ނުގޮއްވާ

މަންމާފުޅު

ރަނގަޅުވާހަކައެއް. މިހާރު މާލޭ މަގުމަތީ ގިނައީ ވަގުން ދެއްތޯ

ާަާަާާެޭްއަދުރޭ

ޢަދުރެެ ކަލޮ ހަމާ ގައި ތަ ތިހުރީ

އަޙުމަދު

ކިހާ އަމާން! މަގުމަތީގައި ފާޅުގައި ކާކުކަން އެނގޭ ގޮތަށް ސަރުކާރުން ބާއްވާ އެއްވުންތަކުގައި ދިވެހި ރައްޔިތުންގެ ކަރު ބުރިކުރަން ގޮވައި ނަގަނީ! މިއަށްވުރެ އަމާނެއް ނުވާނެ ގޮދޮރު ވެސް!