Raajje Hifan Govi Massalaagai India Safeer Foreign Ministry ah Haaziru Koffi
image
އިންޑިއާ އެމްބެސެޑަރު އަކިލޭޝް މިޝްރާ---
1 ކޮމެންޓް
 

ރާއްޖެ ހިފަން ގޮވި މައްސަލާގައި އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ މެންބަރެއް ކަމަށްވާ ސުބްރަމާނިއަން ސްވާމީ ރާއްޖެ ހިފަން ގޮވާލި މައްސަލާގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަކިލޭޝް މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ. kobadoctor
މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައިވާ އިރު އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ސްބްރަމާނިއަން ސްވާމީގެ އެ ގޮވާލުމަކީ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށާއި އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަށް މިއަދު ބުނެފައެވެ.

މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރި ސީދާ ވަކި ވަގުތެއް ނޭނގެއެވެ. ނަމަވެސް ފޮރިން މިނިސްޓްރީން މިއަދު ވަނީ ރާއްޖޭގައި ތިއްބަވާ ބެރު ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކޮާށް އިންތިހާބާ ބެހޭ މައުލޫމާތު ދެއްވާފައެވެ. ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމަށް ވެސް އިންޑިއާގެ އެމްބެސެޑަރު ވަޑައިގެންނެވިއެވެ.

ހިޔާލު

އަސޭލާ

އިންޑިޔާ ވަރަށް ބިރުން އޮތީ ޔާމީނު ދެކެ