Photo: Namaadhu Vaguthah Kauba Himeney Sarahadhu Saafukurun
image
ކައުބާ ހިމެނޭ ސަރަހައްދު ސާފުކުރަނީ
0 ކޮމެންޓް
 

ފޮޓޯ: ނަމާދު ވަގުތަށް ކައުބާ ހިމެނޭ ސަރަހައްދު ސާފުކުރުން

ކޮންމެ ނަމާދު ވަގުތެއްގެ ކުރިން ކައުބާ ހިމެނޭ ސަރަހައްދު ސާފުކުރާކަމަށް ހަރަމްފުޅު ބަލަހައްޓާ އިދާރާއިން ހާމަކޮށްފިއެވެ.
ސައުދީ ގެޒެޓަށް މައުލޫމާތު ދެމުން ހަރަމްފުޅު ބަލަހައްޓާ އިދާރާއިން ހާމަކުރި ގޮތުގައި ކޮންމެ ދުވަހަކުވެސް ކޮންމެ ނަމާދު ވަގުތަކަށް ހަރަމްފުޅު ހިމެނޭ ސަރަހައްދު ދަނީ ސާފުކުރަމުންނެވެ.



އެގޮތުން ކައުބާ ހިމެނޭ ސަރަހައްދު ސްޓެރަލައިޒްކޮށް، ސާފުކޮށް ހާއްސަ ހުވަނދެއް ބޭނުން ކުރާ ކަމަށް ހަރަމްފުޅު ބަލަހައްޓާ އިދާރާޢިން ހާމަކުރެއެވެ. ހަރަމްފުޅު ހިމެނޭ ސަރަހައްދު ސާފުކުރަން ފަށަނީ ހިޖްރް އިސްމާއީލް އިން ކަމަށާއި ކައުބާ ވަށައިގެންވާ ސަރަހައްދު ސާފުކުރުމަށްފަހު މުޅި ހަރަމްފުޅަށް ވަންނަ ދޮރުތަކާއި ހަމައަށް އޮންނަ ސަރަހައްދު ސާފު ކުރާ ކަމަށް ހަރަމްފުޅު ބަލަހައްޓާ އިދާރާއިން ބުނެއެވެ.





ހަރަމްފުޅު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހިއަކީ ސްޓެރަލައިޒްގެ މަސައްކަތެވެ. އޭގެފަހުން ކުރިއަށްދަނީ ހުވަނދު ބޭނުންކުރުމުގެ މަސައްކަތެވެ.



އެ ހުވަނދަކީ ހަޖަރުލް އަސްވަދަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ހުވަނދެއް ކަމަށް ހަރަމްފުޅު ބަލަހައްޓާ އިދާރާއިން ބުނެއެވެ.
ހިޔާލު