Maafarugai Eid Kulhivaruge Gothugai Trade Center Govvaalumun Faadu Kiyanee
image
މާފަރުގައި ފިލާއާއި ލަކުޑިއާއި ކަރުދާސް ބޭނުންކޮށްގެން ހަދާފައިވާ ޓްރޭޑް ސެންޓަރު ގޮއްވާލަނީ---ފޮޓޯ:ސޯޝަލް މީޑިއާ
6 ކޮމެންޓް
 

މާފަރުގައި އީދު ކުޅިވަރުގެ ގޮތުގައި ޓްރޭޑް ސެންޓަރު ގޮއްވާލުމުން ފާޑު ކިޔަނީ

ނ.މާފަރުގައި ނިމިދިޔަ އަޟްހާ އީދުގެ ކުޅިވަރުތަކުގެ ތެރޭގައި އެތައް ބަޔަކު މަރުވި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލާ މަންޒަރު ގެނައުމުން ފާޑު ކިއުންތައް އަމާޒުވާން ފަށައިފިއެވެ.
މާފަރުން ވީއެފްޕީއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މާފަރުގައި އީދު ކުޅިވަރު ކުރިއަށް ގެންގޮސްފައިވަނީ އެރަށުގެ ދެކުނު ކޮޅާއި އުތުރު ކޮޅުގައި ވަކި ވަކިންނެވެ. ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލާ މަންޒަރު ގެނެސްދީފައިވަނީ އޭގެތެރެއިން އުތުރު ފަރާތުން ބޭއްވި ކުޅިވަރުތަކުގައެވެ.

މާފަރުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލުގެ އެއްބާރުލުން ވެސް ލިބިގެންނެވެ. ކައުންސިލުގެ މެންބަރަކު ވަނީ ނަން ނުޖެހުމަށް ޝަރުތުކޮށް އެކަން ކަށަވަރުކޮށްދީފައެވެ.

ދެ ޓަވަރުގެ މައްޗަށް އެކުލެވޭ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލާފައިވަނީ ކެލިފޯނިއާއަށް ދިޔަ ދެ ފްލައިޓެއް ހައިޖެކްކޮށްގެން ގޮސް ދެ ޓަވަރުގައި ޖައްސައިގެންނެވެ.

މާފަރުގެ އީދު ކުޅިވަރުތަކުގެ ތެރޭގައި ގެނެސްދީފައިވަނީ އެއް ޓަވަރަށް ފްލައިޓެއް ޖައްސައިގެން ގޮއްވާލާ މަންޒަރެވެ.

މާފަރުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މީގެ ކުރިން ވެސް އީދު ފާހަގަ ކުރުމުގެ ގޮތުން މާފަރުގައި ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލާފައިވެއެވެ.

ސޯޝަލް މީޑިއާގައި އެކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެތައް ހާސް ބަޔަކު މަރުވެ ދިޔަ ހިތާމަވެރި އެ ހާދިސާ މަޖަލަކަށް ހަދައިގެން އީދު ކުޅިވަރުގެ ގޮތުގައި ގެނައުމަކީ މުސްލިމުން ފާހަގަ ކުރާ އީދާ ނުވެސް ގުޅޭ ކަމެކެވެ.

ބައެއް މީހުން ފާހަގަކޮށްފައިވާ ގޮތުގައި އެއީ އިންސާނިއްޔަތު ކަމާ ވެސް ހިލާފު ކަމެކެވެ.
ހިޔާލު

ޓްރަމްޕް

ބަލަ މިތިބަ މޮޔައިންތަކާ. ފްލައިޓަކުން ނޫން އެތަން ގޮއްވާލިއެއް. އެމެރިކާ މީހުންވެސް ޤަބޫލުކުރޭ އެއީ އެމެރިކާ ސަރުކާރުން ޑައިނަމައިޓް އަޅާ ގޮއްވާލިތަނެއްކަން. ބޭނުމަކީ މުސްލިމުންގެ ބޮލުގަ އަޅުވާ މުސްލިމް ޤައުމަކަށް އަރާގަތުން. އެހެންވެ އަފްގާނިސްތާނައް އަރާގަތީ

ގުރުބާން

މުސްލިމުންގެ ބޮޑުޢީދާ ދިމާކޮށް މެދުއިރުމަތީގެ ސިންގާ ސައްދާމު ހުސައިން ދަންޖައްސާ އެމެރިކާ އިސްވެ އޮވެ މަރައިލީ މުސްލިމުންނާ އިސްލާމްދީނާ ހާދަ ގުޅޭކަމަކަށް ވީމައޭ ދޯ!

ކޮން މަހެއް

އަސްލު ތީގަ ނެތް މައްސަަލަ އެއް! ތާރީހު ދައްކުވައި ދޭ ކަމެއް. ބޮޑު ހަނގުރާމައިގެ އެއްޗެހިވެސް މީހުން ކުޅެ ހަދާ.

ހަސަންދީ

ވަރަށް ނާތަޙުޒީބް ކަމެއް، އަޅުގަޑުމެން އެދީނަކައް ތަބަޢަވާ މާތްވެގެންވާ އިސްލާމްދީނާވެސް ފުށުއަރާކަމެއް

ގޯސް

ތިޔަކުރެވުނީ ވަރަށްދެރަވަރުގެކަމެއް .. މާނަކުރުމުގަ ވަރަށްބޮޑެތި ހީވެސްނުކުރާވަރުގެ ކަންކަންދިމާވުމުގެފުރުސަތުބޮޑުކަމެއް..

ވަރަށް މަޖާ

މުސްލިމުން އީދުގަ ކުރާ ކަންތައްބާ އެހެން މީހުންވެސް މިކުރަނީ.....