Afganistangai Harakaitherivamun Dhiya ISge Leader Maraalaifi
image
އަފްޣަނިސްތާނުގައި ހަރަކާތްތެރިވަމުން ދިޔަ އައިއެސްގެ ލީޑަރުވަނީ މަރާލާފައި---
0 ކޮމެންޓް
 

އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން ދިޔަ އައިއެސްގެ ލީޑަރު މަރާލައިފި

އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން ދިޔަ އިސްލާމިކް ސްޓޭޓްގެ ލީޑަރު އަބޫ ސާދު އެރްހާބީ މަރާލައިފިއެވެ.
އަބޫ ސާދު އެރްހާބީ މަރުވެފައިވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ގުޅިފައިވާ ފައުޖުތަކުން ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާތަކެއްގައެވެ.

އަބޫ ސާދުގެ އިތުރުން ވެސް 10 މީހަކު އެހަމަލާތަކުގައި މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

އަބޫ ސާދަކީ 2015 ވަނަ އަހަރު އައިއެސް އަފްޣަނިސްތާނުގައި ހަރަކާތްތެރިވާން ފެށިފަހުން މަރާލި އައިއެސްގެ ހަތަރުވަނަ ވެރިޔާއެވެ.

އަފްޣަނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންގެ ވެރިޔާގެ މަގާމާ އަބޫ ސަާދު ހަވާލުވެފައިވަނީ މިދިޔަ ޖުލައި މަހު އެ މަގާމުގައި ހުރި އަބޫ ސައްޔިދު މަރާލުމުންނެވެ.
އަފްގާނިސްތާން
ހިޔާލު