Anhenun naai kudakudhin ge hospital eh gaaim kuraanan: Raees
image
އަންހެނުންނާއި ކުޑަކުދިންގެ ހޮސްޕިޓަލެއް ގާއިމް ކުރާނަން: ރައީސް
1 ކޮމެންޓް
 

އަންހެނުންނާއި ކުޑަކުދިންގެ ހޮސްޕިޓަލެއް ގާއިމް ކުރާނަން: ރައީސް

އަންހެނުންނާއި ކުޑަކުދިންގެ ހުރިހާ ބަލިތަކަށް ފަރުވާ ދެވޭވަރުގެ ޚާއްޞަ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުކުރައްވާނެކަމުގައި ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރ ހުޅުދުއްފާރުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރުގައި އަންހެނުންނާއި ކުޑަކުދިންގެ ހުރިހާ ބަލިތަކަށް ފަރުވާ ދެވޭވަރުގެ ޚާއްޞަ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމް ކުރައްވާނެ ކަމުގައެވެ.

ރައީސް ވިދާޅުވީ މިހިނގާ ދައުރުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ފޮނުއްވާފައިވާކަމަށާއި، އެކި ބަލިތަކަށް ފަރުވާކުރުމަށް ޚާއްޞަ ޑޮކްޓަރުން ތަމްރީނުކުރަމުންދާ ކަމުގައެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން މި ސަރުކާރުގެ ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި 700 އަށްވުރެ ގިނަ ކްލާސް ރޫމް އަޅާފައިވާ ކަމަށާއި އަތޮޅުތެރޭގައި މިހާތަނަށް ބިނަކުރި އެންމެ ބޮޑު ސްކޫލް ބިނާ ކުރީވެސް މިސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން
ހިޔާލު

އަހުމަދު

މިދިޔަ އހރު ބޭނިޔަސް ނުބޭނިޔަސް 10 ދަނޑުވެރިެަކަށް 8 ހާސް އުތުރު އަދި ދެކުނުގައި ޓްރެސިއަރ ހޮސްޕިޓަލް ނުފެނޭ..އަލަތު ކައިވެނީގެ ފްލެޓް... މިހެންގޮސް....
އަނެއްކާ އަނެއް ހަކަންތައް....
ދެންހެޔޮ ފުދިއްޖެ..ރަގަޅޭ ތިޔަވަރު.. އިތުރަށް ބައިތުލްމާލު ލޫޓްވާނުލުން ރަގަޅީ... ވ. ސަލާމް.