Dr Iyaz Dr shaheem ah: Jalah dhaan jehenee haggubas bunaathee thoa!
image
ޑރ ޝަހީމް މިހާރު ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
5 ކޮމެންޓް
 

ޑރ އިޔާޒް ޑރ ޝަހީމަށް: ޖަލަށް ދާން ޖެހެނީ ހައްގުބަސް ބުނާތީތޯ!

މީހާ ޖަލަށްދާން ޖެހެނީ އެމީހަކު އުޅޭ ގޮތުން ކަމަށާއި ކުށެއް ނުކުރާނަމަ ޖަލަށްދާން ނުޖެހޭނެކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ވިދާޅުވުމަށް ދީނީ ޢިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބްދުއްލަތީފް ރައްދު ދެއްވައިފިއެވެ. muni
ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މާވަށުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ކުށެއް ކޮށްފި ނަމަ ހުދު އޭނާ ވެސް ޖަލަށްދާން ޖެހޭނެ ކަމަށެވެ. ކުރިއަށް އޮތް އިންތިހާބުގައި ރައީސް ޔާމީން އިންތިހާބު ވެއްޖެ ނަމަ ޝަހީމް ވެސް ޖަލަށްލާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ ޝަހީމް ވިދާޅުވީ ޖަލަށްދާން ޖެހެނީ މީހުންނަށް އުޅެވޭ ގޮތުން ކަމަށެވެ.

"ކުށެއް ނުކުރާ މީހަކު ޖަލަށްދާކަށް ނުޖެހޭނެ. މީހާ ޖަލަށް އެދާން ޖެހެނީ މީހާ އުޅޭ ގޮތުން. ﷲ އިރާދަ ކުރެއްވިއްޔާ އެފަދަ މަގަކުން އަޅުގަނޑެއް ދަތުރެއް ނުކުރާނަން،" ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނާއެކު މަސައްކަތް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި އިސްލާމީ އެންމެ ބޮޑު ދެ ވުޒާރާގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށާއި ރައީސް ޔާމީންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޑރ ޝަހީމްގެ މި ހަބަރަށް ޓްވިޓައި މެދުވެރިކޮށް ދެއްވި ރިޕްލައިގައި ޑރ އިޔާޒް ވިދާޅުވީ "އެއީ ވެރިޔާ ހިންގަވާ ޖަރީމާތަކަށް ހައްޕު ނުކިޔާ، ހައްގުބަސް ބުނާތީވެ ތޯ" ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

ޝަހީމް ވަނީ ރާއްޖެ ތަރައްގީކޮށް ރާއްޖޭގައި އިސްލާމް ދީން ގާއިމުކޮށްފައި ބޭއްވުމުގެ ތައުލީމާއި ގާބިލުކަން ހުރީ ރައީސް ޔާމީންގެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމް ދީނާއި ރާއްޖޭގެ އިސްތިގުލާލު ވެސް ދެމެހެއްޓޭނީ ރައީސް ޔާމީނަށް ވޯޓު ދީގެން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޑރ ޝަހީމް ޑރ. އިޔާޒް
ހިޔާލު

ގޭންގުޔާނު

ތިޔަ ސުވާޅުކުރައްވާ ޖަލާ. ނުވަތަ ޖަލުގެ ކުޑަގޮޅިޔާ

ނިލަންދޫ

އިންޝާﷲ

އަސް

މިފަހަރު ދިވެހި ރައްޔިތުން ރައީސް ޔާމީނާ ދެކޮޅަށް ވޯޓު އަޅާ މި އަނިޔާވެރި ވެރިކަން ނިންމުމަށްފަހުވެސް ދިވެހިން އިސްލާމްދީން މަތިގައި ފިސާރި ސާބިތުވެ ތިބޭތަން ޝަހީމުއަށް ފެނިގެން ދާނެ އިންޝަﷲ، އަދި އެދުވަހަކުން ޝަހީމު ޗާންސަލަރުގެ މަޤާމުގައިހުރެގެން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޔާމީނާށް ކެމްޕޭނުކޮށްދިނުމުގެ ކުށުގައި ދައުވާކުރެވޭނެކަން ހަނދާންކުރައްވާތި، މީ ވަރައް ވާހަކަ

ޔަސް

ފިތުނަ އުފެއްދުން ކޮންކަހަޅަ ކަމެއް

އަލީ

ހައްޤުބަސް ބުނުމަކީ ކުށެއް. އޭގެ ބަދަލުގައި ބުނަންޖެހޭނީ "ތިސުވާލު ކުރަން ޖޭހޭނީ ...