Ranbir Aai Alia Ekugai Furathama Faharah Magazine Ehge Cover Akun
image
ރަންބީރާއި އާލިއާ---
0 ކޮމެންޓް
 

ރަންބީރާއި އާލިއާ އެކުގައި ފުރަތަމަ ފަހަރަށް މެގަޒިންއެއްގެ ކަވާއަކުން

ބޮލީވުޑުގެ މަޝްހޫރު ބަތަލު ރަންބީރު ކަޕޫރާއި އާލިއާ ބަޓުގެ ލޯބީގެ ގުޅުމަކީ މިހާރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނަ އެއް ވާހަކައެވެ.
ރަންބީރާއި އާލިއާ ލޯބީގެ ގޮތުން ގުޅިފައިވަނީ އަންނަ އަހަރު އަޔާން މުކަރުޖީ ޑައިރެކްޓުކޮށް ނެރެން ހަމަޖައްސާފައިވާ ފިލްމު "ބުރައްމަސްތުރާ" ގެ ޝޫޓިންތަކުގައި އެކުގައި މަސައްކަތްކުރުމުގެ ތެރެއިންނެވެ. އެފިލްމަކީ އެދެމީހުން އެކުގައި މިހާތަނަށް މަސައްކަތްކުރަމުން އަންނަ ފުރަތަމަ ފިލްމު ވެސްމެއެވެ.

މިއަހަރުގެ ކުރީކޮޅު ދެމީހުން ގުޅިގެން އުޅޭކަމުގެ އަޑުތައް އަރާފައިވާއިރު ދެމީހުން ރައްޓެހިވެގެން އުޅޭކަމަށް ރަންބީރު އެއްބަސްވެފައިވެއެވެ. އަދި އެގުޅުމަށް ދެފަރާތުގެ އާއިލާއިން ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ހާމަވާ އެއް ސަބަބަކީ ދެފަރާތުގެ އާއިލާއާއެކު ވެސް އެކަކު އަނެކަކު ވަގުތުހޭދަކުރަމުން އަންނަކަމެވެ.

އާލިއާ އާއި ރަންބީރުގެ ގާތް ބައެއް ފަރާތްތަކާއި ހަވާލާދީ ހަބަރުތައް ބުނަމުން އަންނަ ގޮތުގައި އެދެމީހުން އެކުގައި މިއަދު މެންދުރުފަހު މެގަޒިން ކަވާއަކަށް ޝޫޓުކުރާނެއެވެ. އިންޑިއާގެ މުމްބާއީގައި ހުންނަ މެހެބޫބު ސްޓޫޑިއޯގައި ރަންބީރާއި އާލިއާ މިއަދު ފޮޓޯ ނެގުމަށް ހަމަޖެހިފައިވާއިރު އެއީ އެދެމީހުން އެކުގައި މެގަޒިންގެ ކަވާއަކަށް ފޮޓޯ ނަގާ ފުރަތަމަ ފަހަރުވެސް މެއެވެ. އަދި އެމީހުން ފެނިގެންދާނީ ވޮގް އިންޑިއާގެ މެގަޒިން ކަވާއިންކަމަށް ވެސް ހަބަރުތައް ބުނެއެވެ. 2013 ވަނަ އަހަރު ރަންބީރު ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަޑުކޯނާއެކު ޕީޕަލް މެގަޒިން އިން ފެނިފައެވެ.

ވޮގް އިންޑިއާގެ ކަވާގައި ރަންބީރާއި އާލިއާ އެކީގައި ފެނިލުމުގެ ފުރުސަތު ލިބިފައިވާކަން އެދެމީހުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އުމުރުން 35 އަހަރުގެ ރަންބީރާއި 25 އަހަރުގެ އާލިއާ ވަނީ ސޯނަމް ކަޕޫރުގެ ކައިވެނީގެ ހަފުލާގައި އެކުގައި ބައިވެރިވެފައެވެ. އަދި އާލިއާ އަންނަނީ ބުރައްމަސްތުރާގެ ސެޓުގައި އޭނާގެ ލޯބިވެރިޔާ ރަންބީރު ނަގައިދޭ އޭނާގެ ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނަށް ހިއްސާވެސް ކުރަމުންނެވެ.
ހިޔާލު