Komolika Ge Role In Fenna Konme Episode Akah Hina Nagaa Agu Engeytha?
image
ހީނާ ހާން--
0 ކޮމެންޓް
 

ކޮމޮލިކާގެ ރޯލުން ފެންނަ ކޮންމެ އެޕިސޯޑަކަށް ހީނާ ނަގާ އަގު އެނގޭތަ؟

އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގެ އެންމެ މުހިއްމު އެއް ރޯލުކަމަށްވާ ކޮމޮލިކާގެ ރޯލު ކުޅުމަށް މަޝްހޫރު ޓީވީ ތަރި ހީނާ ހާން، ކޮންމެ އެޕިސޯޑަކަށް 2.25 ލައްކަ ރުޕީސް ނަގާ ކަމަށް ހަބަރުތައް ބުނެފިއެވެ.
ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހީނާއަކީ ޓީވީ ޑްރާމާތައް ކުޅޭ ތަރިންގެ ތެރެއިން އެންމެ ބޮޑު އާމުދަނީއެއް ލިބޭ ތަރިންގެ ލިސްޓުގައި ވެސް ހިމެނޭ އެއް ތަރިއެވެ.

ކަލާސް ޓީވީ އިން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ 'ބިގް ބޮސް' އިން ފެނިފައިވާ ހީނާ 'ކަސޯޓީ'ގެ ދެވަނަ ބައި ކުޅެން އެއްބަސް ވެފައިވަނީ އޭނާއަށް ކޮންމެ އެޕިސޯޑަކަށް 2.25 ލައްކަ ރުޕީސް ދޭނެކަމަށް އެޑްރާމާ އުފައްދާ ޓީމުން އެއްބަސްވުމުންކަމަށް ބައެއް ފަރާތްތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެއެވެ. އެއަގަކީ ޓީވީ ދާއިރާއާ އަޅާބަލާއިރު ބޮޑު އަދަދެކަށްވާއިރު އެހަބަރުތައް ތެދުވެއްޖެނަމަ ހީނާ ވެގެންދާނީ ޓީވީ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމުދަނީއެއް ލިބޭ ފަރާތަށެވެ.

ކަސޯޓީގެ ދެވަނަ ބައިގައި އުރްވާޝީ ދޮލާކިއާގެ ރޯލުން ހީނާ ފެނިގެންދާއިރު ޝްވެތާގެ ރޯލުން ފެންނާނީ އެރިކާ ފެނާންޑެޒެވެ. އަދި ސިޒޭންގެ ރޯލުން ފެންނާނީ ޕާތް ސަމްތާންއެވެ. ކަސޯޓީގެ ދެވަނަ ބައިގެ ޝޫޓިންތައް މިހާރު ކުރިއަށްދާއިރު އެފިލްމުގެ ޝޫޓިންތަކުގެ ތެރެއިން ބައެއް ފޮޓޯތައް އަންނަނީ ލީކު ވަމުންނެވެ. އަދި އެފޮޓޯތަކަށް ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ވެސް ލިބެމުން އަންނައިރު ފިލްމު ސްޓާޕަލްސް އިން ދެއްކުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.

ކަސޯޓީ ޒިންދަގީ ކޭގެ ފުރަތަމަ ބައިން ކޮޮމޮލިކާގެ ރޯލުން ފެނިގެންގޮސްފައިވަނީ މަޝްހޫރު ތަރި ޝްވެތާ ތިވާރީއެވެ. އަދި އަނުރާގްގެ ރޯލުން ފެނިގެންގޮސްފައިވަނީ ސިޒޭން ހާނެވެ. މީގެއިތުރުން އެޑްރާމާގައި ޖެނިފާ ވިންގެޓް އާއި ކަރަންވިރް ބޮހްރާ އާއި އުރްވަށީ ދޮލާކިއާގެ އިތުރުން ރޮނިތް ރޯއީ އާއި ހިތެން ތެޖްވާނީ ފެނިގެންގޮސްފައިވެއެވެ. ދެހާސް އެއްވަނަ އަހަރުން ފެށިގެން އަށް އަހަރު ދުވަހުގެ މުއްދަތަކަށް ޑްރާމާ ކުރިއަށް ގެންގޮސްފައިވާއިރު އެ ޑްރާމާގައި ފެނިގެންދިޔަ ތަރިންނަށް ބޮޑު މަގުބޫލު ކަމެއް ވެސް ލިބިގެންގޮސްފައިވަނީ އެޑްރާމާގައި މަސައްކަތް ކުރި ފަހުންނެވެ.
ހިޔާލު