Bharat ge Shooting Salmaan Nimmalaifi
image
ސަލްމާނު ހާން މުންބައި އެއާޕޯޓުގައި--
0 ކޮމެންޓް
 

ބާރަތުގެ ޝޫޓިން ސަލްމާން ނިންމާލައިފި

މޮލްޓާގައި ކުރިއަށް ގެންދިޔަ "ބާރަތު"ގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ސަލްމާނު ހާން ނިންމާލައިފިއެވެ.
މޮލްޓާގައި ބާރަތުގެ ޝޫޓިން ސަލްމާނު މިމަހު 10 ވަނަ ދުވަހު ފަށާފައިވާއިރު އޭނާ ވަނީ މިހާރު ޝޫޓިން ނިންމާލުމަށްފަހު މުންބައި އަށް އަނބުރާ އައިސްފައެވެ. މުންބައި އެއާޕޯޓުން މިއަދު ސަލްމާން ފެނިފައިވާއިރު އޭނާ ހުރީ ކަޅުކުލައިގެ ޖެކެޓަކާއި ނޫ ޖީންސެއް ލާފައެވެ.

ސަލްމާނާއެކު ލީޑު ރޯލުން ކެޓްރީނާ ކުޅޭއިރު އިންޑިއާގެ 72 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ސަލްމާނު ވަނީ ބާތަރުގެ ޓީޒާ ނެރެފައެވެ. އެގޮތުން ސަލްމާނު ބުނީ ބައެއް ގުޅުމަކީ ބިމާއި އަދި ލެއާ ގުޅިފައިވާ ގުޅުންތަކެއް ކަމަށެވެ. އަދި އޭނާ ކައިރީގައި ދެގުޅުންވެސް އޮތްކަމަށް ސަލްމާނު ވަނީ ބުނެފައެވެ.

އޭގެ އިތުރުން ސަލްމާނު ވަނީ ދާދި ފަހުން އޭނާއާއި ކެޓްރީނާގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. ބެލެވޭ ގޮތުގައި އެފޮޓޯ ނަގާފައިވަނީ އެފިލްމުގެ ލަވައަކަށް ޝޫޓުކުރުމުގެ ތެރެއިންނެވެ.

އެފިލްމުގައި ސަލްމާން ތަފާތު ފަސް ގޮތަކަށް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ. އެފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ އަހަރު ޖޫން މަހު ފަސް ވަނަ ދުވަހުއެވެ.

ބާރަތަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ މައްޗަށް ހަދާ ފިލުމެކެވެ.
ހިޔާލު