Congo Gai Ebola Fethuri 44 Meehaku Maruvejje
image
ކޮންގޯގައި އެބޯލާ ފެތުރި މިހާތަނަށް 44 މީހުން މަރުވެއްޖެ--
0 ކޮމެންޓް
 

ކޮންގޯގައި އެބޯލާ ފެތުރި 44 މީހަކު މަރުވެއްޖެ

ކޮންގޯގައި އަނެއްކާ ވެސް އެބޯލާ ފެތުރި 78 މީހުންނަށް އެބަލި ޖެހި، 44 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނެފިއެވެ.
އެގޮތުން އެޖަމިއްޔާއިން ބުނީ 51 މީހުންނަށް އެބޯލާ ޖެހިފައިވާ ކަމަށް ކަށަވަރު ވެފައި ވާއިރު 27 މީހުންގެ ޓެސްޓުތައް ކުރަމުން ދާ ކަމަށެވެ. އޭގެ ތެރޭގައި އެބަލި ޖެހިގެން މަރުވި 44 މީހުން ވެސް ހިމެނޭ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އެބޯލާ ޖެހިފައިވާ މީހުންނަށް ފަރުވާ ދޭން މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން 10 މީހުންނަށް އެބޯލާ ޖެހިފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނެއެވެ. އަދި އޭގެ ތެރެއިން މިހާތަނަށް އެކަކު މަރުވެފައި ވެއެވެ.

އެޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން އެބަލި ޖެހުނީ ކުލިނިކް ތަކުގައި މަސައްކަތް ކުރި ފަރާތްތަކަށް ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެމީހުންނަށް އެބޯލާ ޖެހުނީ އެބަލި އުޅޭކަން ރަސްމީކޮށް ނާންގަނީސް ކަމަށެވެ.

އެޖަމިއްޔާއިން މިހާރު ދަނީ އެބޯލާ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދޭ ފަރާތްތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ފަށާފައެވެ. އެގޮތުން އަމިއްލަ މީހާ އެބަލި ނުޖެހި ބަލި މީހުންނަށް ފަރުވާދީ އެބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ހޭލުންތެރި ކުރަމުންދެއެވެ.

މިއީ ކޮންގޯގައި އެބޯލާ ފެތުރޭ 10 ވަނަ ފަހަރެވެ. މިދިޔަ ޖުލައި މަހު ވަނީ އެގައުމުން އެބޯލާ ނައްތާލި ކަމަށް ބުނެފައެވެ. އެގޮތުން އެފަހަރު 53 މީހުންނަށް އެބަލި ޖެހުނު އިރު 29 މީހުން މަރުވެފައިވެއެވެ. އެހެން ކަމުން މިފަހަރު އެބޯލާ މާބާރަށް ފެތުރެމުންދާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނެއެވެ.
ކޮންގޯ އެފްރިކާ
ހިޔާލު