Innamaadhoo In Raees Yameen Ah Vote Nula 20% Akee Lolah Nufenna Meehun: Falah
image
އިންނަމާދޫއިން ރައީސް ޔާމީންއަށް %80 ވޯޓް ލާނެ، ދެން އުޅޭނީ ލޮލަށް ނުފެންނަ %20: ފަލާހު--
9 ކޮމެންޓް
 

ފަލާހުގެ މަލާމާތް އިންނަމާދޫގެ އިދިކޮޅު ފަރާތްތަކަށް: އެއީ ލޮލަށް ނުފެންނަ ބައެއް

ރ.އިންނަމާދޫގައި ތިބި އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ ފަރާތްތަކަށް އެ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ފާޑު ވިދާޅުވެއްޖެއެވެ.
އިންނަމާދޫގައި މިއަދު ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި އިންނަމާދުއިން ރައީސް އަބްދުﷲ ޔާމީނަށް 80 އިންސައްތަ ވޯޓު ހޯއްދަވާ ދެއްވާނެ ކަމަށެވެ. ބާކީ 20 އިންސައްތައަކީ އިދިކޮޅު ފަރާތްތައް ކަމަށާއި އެއީ ލޮލަށް ނުފެންނަ ބައެއް ކަމަށް ފަލާހު ވިދާޅުވިއެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ފަލާހު ވިދާޅުވީ އެރަށުގައި އާބާދީ 570 އަށް ވީނަމަވެސް ބޮޑު އަގުލަބިއްޔަތެއް ރައީސް ޔާމީނަށް ވޯޓު ލާނެ ކަމަށެވެ.

އެޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވަނި އިދިކޮޅު ކެންޑިޑޭޓް އިބޫއަށް ފާދު ވިދާޅުވެފައެވެ. އެގޮތުން އިބޫ އިންނަމާދޫއަށް ވެވަޑައިގެންނެވީ ސަރުކާރުން އެރަށަށް މިހާރު ވެސް ފުއްދައިދީފައިވާ ވައުދުތަކެއް ކަމަށް ފަލާހު ފާހަގަ ކުރެއްވިއެވެ.

ފަލާހު ވިދާޅުވީ ހަގީގަތުގައި ރައީސް ޔާމީން ކެމްޕޭން ކުރަން ނުޖެހޭނެ ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ތަރައްގީގެ ގޮތުގައި ކެމްޕޭން ކޮށްދީ ނިންމާފައިވާ ކަމަށެވެ. އެގޮތުން އެއަތޯޅުގައި 15 ރިސޯޓް ހުޅުވާފައިވާކަން ފާހަގަ ކުރެއްވިއެވެ.

"ލޯން ނަގަނީ ރައީސް ޔާމިންގެ ގެކޮޅު ހައްދަވާކަށް ނޫން. ބޭރަށް ދަަތުރު ކުރައްވާކަށް ނޫން. ލޯން ނަންގަވަނީ މުގައުމު ތަރައްގީ ކުރުމަށް. ތިން މަހުން ތިން މަހުން އެއާޕޯޓެއް އަޅުއްވާތަން އިދިކޮޅަށް ފެނޭތޯ؟ ރ. އަތޮޅުގައި 15 ރިސޯޓް ހުޅުވިތަން ފެނޭތޯ؟ ނުފެންނަންޏާ އަސަންދައިން ހިލޭ އައިނު ލިބޭނެ. އަޅުއްވާ!" ފަލާހު ވިދާޅުވިއެވެ.
ހިޔާލު

ޚުސާމު

އެމްޓީސީސީއަށް6ފެރީބަންނައަގަށް2ފެރީއަގުލިބޭފަރާތެއް

މުހައްމަދު

އައިނު އަޅަންޖެހެނީ އެހެން މީހުންނެއްނޫން. އެއަރޕޯރޓުތައް އަޅަނީ ސަރުކާރުންނޫންކަން ނޭގޭވަރުގެ މީހުން ރައްޔިތުން ތަމްސީލުކުރަން މި އުޅެނީ. ގައުމުގަ ހުރި އެއްމެ އަގުބޮޑު ހަރުމުދާ މިގަރުނުގަ ދިވެހިންނަށް ނުލިބޭގޮތަށް ބިދޭސީންނަށް ދިނީމަ އެމީހުންގެ ބޭނުމަށް އަޅާ އެއަރޕޯޓުތަކެއް އެއީ. ސަރުކާރުން ލޯނުނަގައިގެން ހަދަނީ ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓު އެކަނި. ޒުވާނުންނަށް މިގައުމުގައި އޮތީ ފުޓުސަލްދަޑާއި ދަރަނި. މުހިއްމު ވަޒީފާތައްވެސް އޮތީ ތަންދޮރުނޭގޭ ސިޔާސީ މީހުންނަށާއި ބިދޭސީންނަށް.

ށައުގީ

ފަލާހު ލާރިކޮޅެއް ލިބުނީތަ ؟؟

ޔަސް

ހަމަ އެފާޑު މީހުން ތިބެނީ ކަނުބަނދެގެން ބުރިޖަށް ވެސް އަރާނީ

ގޭންގުޔާނު

ރަށެއްގެ ރައްޔިތުްނގެ ބަޔަކަށް ކަނަށް ބީތާއަށް ގޮވައިގެން ވޯތެއްނުލިބޭނެ. ބުރާންޗާ

މެޑަމް އައިޝާ

އާނ އެބައި ގަނޑުގަ ގިނަ ވާނީ އެވައްތަރު

ބާބޫ

ފަލާހު ހާލުކިހެނެއް؟

އަޙުމަދު

ފަލާހަށް އެބުނެވުނި އިދިކޮޅަށް. ޔާމީނަށް ވޯޓުލާނީ ލޮލަށް ނުފެންނަ ކަންފަތަށް ނީވޭ ބައެއް. އެމީހުންނަށް އޭނަ ކުރާ ޣަައިރުޤާނޫނީ ކަންކަމެއް ނުފެނޭ، އެ ވާހަކަދެކެވޭ އަޑެއް ވެސް ނީވޭ. އެހެންވީމަ، އެމީހުން އޭނައަށް ވޯޓުލާނީ.

ދުވާފަރު މީހާ

އެރަށު މީހުން ކަނު ބަޔަކަށް ހަދާލީ ދޯ...